މަސްވެރިކަމާއި ގުޅޭ

ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ
ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ

ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އަދި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ބޮޑުނަމަ، ލައިސަންސަށް އަހަރަކު 1800 ރުފިޔާ ދައްކަންޖެހޭ

ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން އަދި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު، 15 މީޓަރަށްވުރެ ބޮޑުނަމަ، ލައިސަންސް ނަގަން އަހަރަކު 1800 ރުފިޔާ ދައްކަންޖެހޭ ކަމަށް "ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު" ގައި ބުނެއެވެ.

މީގެ ކުރިންވެސް ލައިސަންސް ނެގުމަށް ފައިސާ ދައްކަން ޖެހޭއިރު، މިހާރު ވަނީ ލައިސަންސަށް ދައްކަން ޖެހޭ ވަރު ކުޑަކޮށްފައެވެ.

މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަނޑުމަހުގެ ބާވަތްތައް ކަމުގައި ބަލަނީ ކަޅުބިލަމަސް، ރީނދޫ އުރަހަ ކަންނެލި، ލޯބޮޑު ކަންނެލި އަދި ރާގޮނޑީގެ އިތުރުން ލައްޓިއެވެ.

މި ބާވަތްތަކުގެ މަސްވެރިކަމަށް ލައިސަންސް ދޫކުރުމުގެ ގިންތިއާއި، ފީތަކާއި، ލައިސަންސުގެ މުއްދަތު ކޮންމެވެސް ވަރަކަށް ތަފާތެވެ. އެގޮތުން ހަމައެކަނި ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު އަދި ހަމައެކަނި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ 15 މީޓަރަށްވުރެ ކުދިން އުޅަނދުތައް އެއް އަހަރު ދުވަހަށް ލައިސަންސް އަށް ދައްކަން ޖެހޭނީ 500 ރުފިޔާއެވެ. އަދި މި ބާވަތުގެ 15 މީޓަރުން ފެށިގެން ބޮޑެތި އުޅަނދުތަކަށް ދައްކަން ޖެހެނީ 1500 ރުފިޔާއެވެ.

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު، 5 މީޓަރަށް ވުރެ ކުދި ނަމަ 500 ރުފިޔާ އަދި އެއަށްވުރެ ބޮޑު ނަމަ 1800 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. އެއީ ވެސް އަހަރު ދުވަހަށެވެ.

އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު އަދި ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު 15 މީޓަރުން ފެށިގެން ކުޑަ ނަމަ 250 ރުފިޔާ އަދި އެއަށްވުރެ ބޮޑު ނަމަ 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ. އެއީ 2 އަހަރު ދުވަހަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!