މަސްވެރިކަމާއި ގުޅޭ

ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާތާ (މެޓް) އޮފީހުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފިއެވ.

މީގެ ކުރިން އެކި ހިސާބުތަކަށް ވަކިން ވައިޓް އެލަރޓް ނެރެމުން އަހިސް، މިއަދު މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައި ވަނީ ބާރު ވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ނެރެފައިވާ ހުދު ސަމާލުގައި މެޓުން ބުނެފައި ވަނީ، މިރޭ ދަންވަރު 12 ޖެހުމާ ހަމައަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ބައެއް ހިތާމަވެރި ހާދިސާތައްވެސް މިފަހުން ހިނގާފައިވެއެވެ. އޭގެ ތެރޭގައި ބޯޓެއް އަޑިއަށްގޮސް، ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދާ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!