މަސްވެރިކަމާއި ގުޅޭ

viber_image_2022-09-15_14-30-09-626

ލ އަތޮޅުން މަސްބޭނި ރިކޯޑު ރަންރޯދި ދޯންޏަށް، އިއްޔެ 30 ޓަނު މަސް ބޭނި

އިއްޔެ 30 ޓަނު 500 ކިލޯގެ މަސް ބާނަގައިގެން، މިފަހުން ލ އަތޮޅުން އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް، "ރަންރޯދި" ދޯނި ވެއްޖެއެވެ.

އެ ދޯނީގެ ކެޔޮޅު މި ނޫހާ ވާހަކަ ދައްކަމުން ބުނީ، މަސް ބޭނީ އިއްޔެ ކަމަށާއި، މަސް ކިރާ ނިމުނީ މިއަދު މެންދުރެއްހާއިރު ކަމަށެވެ.

ލ. މާވަށަށް ނިސްބަތްވާ ރަންރޯދި ދޯނީގައި 17 މީހުން މަހަށް ދެއެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާތާ ތިން އަހަރު ވެފައިވާ ރަންރޯދި ދޯނޯގެ ތާރީހުގައިވެސް މިހާ ގިނަ މަސް ބޭނުނު މިއީ ފުރަތަމަ ފަހަރެވެ.

މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ.

މަސްވެރި މޫސުން ފެށިއްޖެ، ތ އަތޮޅުން ރިކޯޑު އަދަދަކާއެކު އޮއިކުރި ދޯނި އިއްޔެ 31 ޓަނު މަސް ބޭނި

އެގޮތުން ތ. ވަންދޫ އޮއިކުރި ދޯނި ވަނީ 31 ޓަނުގެ މަސް ބާނާފައެވެ. މިއީ މިހާތަނަށް އޮއިކުރި ދޯންޏަށް އެންމެ ގިނަ އަދަދަކަށް މަސް ބޭނުނު ދުވަހެވެ. އަދި ތ އަތޮޅުގައިވެސް މިއީ ރެކޯޑެއް ކަމަށް ކެޔޮޅު ބުންޏެވެ. މީގެ ކުރިން އޮއިކުރި ދޯނި އެންމެ ގިނަ މަސް ބާނާފައި ވަނީ މިިދިޔަ އަހަރުއެވެ. އެއީ 24 ޓަނުމަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!