މަސްވެރިކަމާއި ގުޅޭ

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެް -- ފޮޓޯ/ ބޮޑުކަންނެލި މަސްވެިރންގެ ޔުނިއަން
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެް -- ފޮޓޯ/ ބޮޑުކަންނެލި މަސްވެިރންގެ ޔުނިއަން

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާ ބޯޓެއް، މަހިބަދޫ ދޯންޏަކާއި މަޑިފުށީ ދޯންޏެއްވެގެން އަތުލައިގަނެފި

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާ ބޯޓެއް، އދ. މަހިބަދޫ ދޯންޏަކާއި ތ. މަޑިފުށީ ދޯންޏެއްވެގެން އަތުލައިގަނެފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ބުނީ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ލަންކާބޯޓު އަތުލައިގަތީ ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ކަމަށެވެ.

އެ މަސްބޯޓުގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށްފައި ވަނީވެސް މަހިބަދޫ އަސުރުމާ2 ދޯންޏާއި މަޑިފުށި ގޮދާ ދޯނި ގުޅިގެންނެވެ.

އދ. މަހިބަދޫ "އަސުރުމާ 2"

ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މީގެ ކުރިން ވަތް ލަންކާ ދެ ބޯޓު، މި މަހުގެ ތެރޭގައި ވަނީ ހަތް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މި ދެ އުޅަނދަކީ، މިިދިޔަ މަހު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލެއްގެ ތެރެއިން އަތުލައުގަތް ދެ ބޯޓެވެ. އަދި އެ ދެ ބޯޓު އަތުލައިގެންފައި ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
https://masverin.mv/14849/
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ، ސްރީލަންކާއަށް ނިސްބަތްވާ އެ ދެ އުޅަނދު އަތުލައިގަތީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!