މަސްވެރިކަމާއި ގުޅޭ

ފަރެސްމާތޮޑާގެ ބައެއް މަސްވެރިން އަދި ކެޔޮޅުން
ފަރެސްމާތޮޑާގެ ބައެއް މަސްވެރިން އަދި ކެޔޮޅުން

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ގދ އިން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ހުވަދު އަތޮޅު ދެކުނުބުރިން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާާއްވާ ހަފްލާގައި، މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ، ހުވަދު އަތޮޅު ދެކުނުބުރިން ހޮވާލެވޭ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު ކެޔޮޅު ހޮވައި، އެ ދެ ފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަށް ކުރިމަތިލާ މީހުންނަކީ 35 އަހަރުން ދަށުގެ މަސްވެރިންނަށް ވާން ޖެހެއެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލާ މީހުންނަކީ 35 އަހަރުން މަތީގެ މަސްވެރިންނަށް ވާން ޖެހެއެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 25 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހަމަޖެހިފައި ވަނީ ގދ. ފަރެސްމާތޮޑާގައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ ފަރެސްމާތޮޑާގައި

ނަވާރަ ސަތޭކަ ހަށްޑިހަ ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްވެރިކަމުގެދާއިރާއަށް ބިދޭސީންނުކުތުމުގެސަބަބުން ރައްރަށުގެ ސިނާއީމަސަތްކަށްކުރާބިދޭސީން މިހާރަކުނުލިބޭ އެކަމުގެސަބަބުން ރައްރަށުގެ ގެދޮރުބިނާކުރާމީހުންނަށް ބޮޑަތިގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ

Comments are closed.