މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

ކޮންމެ ދޯންޏަކަށް 10 ބިދޭސީން އަރުވާ ވާހަކަ ދައްކާއިރު، މިދާއިރާއަށް ޒުވާނުން ނެރެން ކުރި ކަމެއް ނެތް: ޒުވާން މަސްވެރިޔާ

ކޮންމެ ދޯންޏަކަށް 10 ބިދޭސީން އަރުވާ ވާހަކަ ދައްކާއިރު، މިދާއިރާއަށް ޒުވާނުން ނެރެން ކުރި އެއްވެސް  މަސައްކަތެއް ނެތް ކަމަށް ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ބުނެފިއެވެ.

މަސް ދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅުމާމެދު، މަސްވެރިންގެ ހިޔާލު ހޯދުމަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމާ ގުޅުވައިގެން ޒުވާން މަސްވެރިޔާ ކުރި ޓުވީޓެއްގައި ބުނީ، ކޮންމެ އަހަރަކު ކުޅިވަރާއި ޓޫރިޒަމް ދާއިރާއަށް މިލިއަނުން ހަރަދު ކުރާ ކަމަށެވެ. ނަމަވެސް ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރެން ސަރުކާރުންވެސް އަދި އެހެން ބަޔަކުވެސް މަސައްކަތް ނުކުރާ ކަމަށެވެ.

އަލަށް ދޮށި އެޅި ޒުވާނެއްގެ ވީޑިއޯ ހިއްސާކުރަމުން ޒުވާން މަސްވެރިޔާ ބުނެފައި ވަނި، މަސް ދޯނިފަހަރަށް ގިނަ ބިދޭސީން ބޭނުންވަނީ، އެވަރަށް ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނުނެރެވޭތީކަމަށެވެ.

މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅުމާމެދު، މަސްވެރިންގެ ހިޔާލު ހޯދައިފި

އިއްޔެ އިކޮނޮމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި، ދޯނިތަކުގައި ބިދޭސީން ހަރަކާތްތެރިވުމާ ދެކޮޅަށް ވާހަކަދެއްކި، ޒުވާން މަސްވެރިޔާއާއި އަދި އެހެން ބައެއް މަސްވެރިން ބުނީ، ދިވެހިން ނުލިބި، ދޯނިތަކަށް ބިދޭސީން ގިނައިން ނަގަން ޖެހޭ ހިސާބަށް މި ސިނާއަތް ދިޔައީ، މި ސިނާއަތަށް އެއްވެސް ބަޔަކު އަޅާނުލާތީކަމަށެވެ. އެގޮތުން ސަރުކާރާއި އޮޑިވެރިންވެސް، ޒުވާނުން އުފެއްދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާކަން މަސްވެރިން ފާހަގަ ކުރިއެވެ.

މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް މަސްވެރިން ބުނީ، މި ދާއިރާއަށް މީހުން ނެރުމަށް، ޒުވާނުންނަށް ތަމްރީނު ދޭން ޖެހޭ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!