މަސްވެރިކަމާއި ގުޅޭ

އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް -- ފޮޓޯ/ އަވަސް
އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް -- ފޮޓޯ/ އަވަސް

މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅުމާމެދު، މަސްވެރިންގެ ހިޔާލު ހޯދައިފި

މަސް ދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅުމާމެދު، މަސްވެރިންގެ ހިޔާލު ހޯދައިފިއެވެ.

އިކޮނޮމިކް މިނސިްޓްރީން އިއްޔެ މަސްވެރިންނާއެކު ބޭއްވި، އޮންލައިން ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި، ގިނަ ބިދޭސީން ގެންގުޅުމަށް ހުއްދަދޭން ފެންނަ ކަމަށް ބައެއް މަސްވެރިން ބުނި އިރު، އަނެއްބައި މަސްވެރިން ބުނީ، އެގޮތަށް އެކަން ކުރަން ނުފެންނަ ކަމަށެވެ.

އެގޮތުން، ގިނަ ބިދޭސީން ގެންގުޅެވޭގޮތް ހަދަން ފެންނަ ކަމަށް ބުނި މަސްވެރިން އެކަމުގެ ސަބަބަކަށް ބުނީ، ޒުވާނުން މަސްވެރިކަމުގެ ދާއިރާއާ ދުރަށްގޮސް، މަސްދޯނިފަހަރުގައި މަސައްކަތް ކުރާނެ ދިވެހިން ނުލިބޭތީ، ދޯނިތައް ދުއްވަން ބޭނުން ނަމަ ބިދޭސީން ނުލައި އެކަން ނުވާނެތީ ކަމަށެވެ.

ގިނަ މަސްދޯނި ބަނދެފައި ވަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަން ފާހަގަކުރި މަސްވެރިއަކު ބުނީ، ދޯނިން ދާނެ ބަޔަކުު ނެތިގެން ފަޅުގައި އަޅާފައި ބޭއްވުމަށްވުރެ ފައިދާ ކުރާނީ ބިދޭސީންލައި ފަޅުވެރިންގެ އަދަދު ހަމަކޮށްގެންވިޔަސް މަހަށް ދިއުން ކަމަށެވެ. އެހެންނޫންނަމަ މަސްވެރިކަން ކުރަން އޮޑި ބަންނަން ކުރި ބޮޑު ހޭދަ ފެނަށްގޮސް، އޮޑިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަސްވެރިޔާ ބުންޏެވެ.

ދޯނި ބަނުމަށްފަހު އިންޖީނު އަޅަން ދޯނި ރަހުނުކޮށް ލޯނެއް ނަގައި، އެ ލޯނު ނުދެއްކުމުން ބޭންކުން ދޯނި ވިއްކާލަނީ

ބައެއް މަސްވެރިން ބުނި ގޮތުގައި، އެހެން ހުރިހާ ދާއިރާއެއްގައި ބިދޭސީން ހަރަކާތްތެރިވާއިރު، މަސްވެރިކަމުގައި ބިދޭސީން ގިނައިން ހަރަކާތްތެރި ނުވާންވީ ސަބަބައެއް ނެތް ކަމަށެވެ.

ދޯނިތަކުގައި ބިދޭސީން ހަރަކާތްތެރިވުމާ ދެކޮޅަށް ވާހަކަދެއްކި، ޒުވާން މަސްވެރިޔާއާއި އަދި އެހެން ބައެއް މަސްވެރިން ބުނީ، ދިވެހިން ނުލިބި، ދޯނިތަކަށް ބިދޭސީން ގިނައިން ނަގަން ޖެހޭ ހިސާބަށް މި ސިނާއަތް ދިޔައީ، މި ސިނާއަތަށް އެއްވެސް ބަޔަކު އަޅާނުލާތީކަމަށެވެ. އެގޮތުން ސަރުކާރާއި އޮޑިވެރިންވެސް، ޒުވާނުން އުފެއްދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާކަން މަސްވެރިން ފާހަގަ ކުރިއެވެ.

މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް މަސްވެރިން ބުނީ، މި ދާއިރާއަށް މީހުން ނެރުމަށް، ޒުވާނުންނަށް ތަމްރީނު ދޭން ޖެހޭ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ބިދޭސީން މަސްދޯނިތަކުގަ ހިފެހެޓުމަކީވެސް ބޮޑު ގޮންޖެހުމެއް.މި ހުރިހާ މައްސަލައެއް ދިމާވަނި ސަރުކާރުން އަޅާނުލާ.މަސްވެރިކަމުގަ ލޯއެންފޯސް ކުރެވޭތި.

  2. Rajjeyge verikamah leveynee effaharaa kithah India meehun thw balan khiyal hoadhiyya maa thaahiruvaane

  3. ާ ިުިުިުިުިުިުިުިުިުިުއޮޑިވެރިޔާ ގޭގެ ހުރިހާ މަސައްކަތެއް ބިދޭސީން ލައްވާ ކުރުވޭނެ އަދި ދޯނީ ވަޑާމުގެ މަސައްކަތް ތައްކުރުވާ އެންމެ ލާރިއެއް ނުދީ އެހެންވީމަ ަުަުަަަަަަަަަަަަަަަްއޮޑިވެރިންނަަްައް ފައިދާ އަޅުން ގެންގުޅޭހެން ޒުވާނުން ނުގެންގުޅެވޭނެތީ ތިއުޅެނީ މިޙާރު. ބޯފެން ކޮއްތު ހިފައިގެން ފުރަންދާން ޖެހުނީމަ ތިހިންވާނެ. އެންމެން ގެއަތުން ގަންނަ ކޮއްތު ވެސްޖެހެނީ ކެޔޮޅު މީހާ ބޭނުން ގޮތެއް ހެދެން އެހެންވީމަ ޒުވާނުން މަދުވާނެތާ

Comments are closed.