މަސްވެރިކަމާއި ގުޅޭ

ހުވަދޫ އަތޮޅުގެ މަސްދޯނިތަކެއް މާންދޫ ބޯޓަކަށް މަސްކިރުވަން ކިއުގައި - ފޮޓޯ: މަސްވެރިން
ހުވަދޫ އަތޮޅުގެ މަސްދޯނިތަކެއް މާންދޫ ބޯޓަކަށް މަސްކިރުވަން ކިއުގައި - ފޮޓޯ: މަސްވެރިން

ދޯނި ބަނުމަށްފަހު އިންޖީނު އަޅަން ދޯނި ރަހުނުކޮށް ލޯނެއް ނަގައި، އެ ލޯނު ނުދެއްކުމުން ބޭންކުން ދޯނި ވިއްކާލަނީ

ގދ. ތިނަދޫއަށް ނިސްބަތްވާ ދޯންޏެއްގެ އިންޖީނު އަޅަން ދޯނި ރަހުނުކޮށް ލޯނެއް ނަގައި، އެ ލޯނު ނުދެއްކުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޯނި ވިއްކާލަން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ތިނަދޫ "އޭޝިއާ" ނަމަކަށް ކިޔާ ދޯނި ރަޙުނުކޮށް، ނަގާފައިވާ ޑިމާންޑް ލޯނަކާ ގުޅިގެން، އެ ދޯނި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.

"އޭޝިއާ" ދޯނީގެ ދިގުމިނަކީ 37.797 މީޓަރެވެ. ދޯނީގެ ފުޅާމިނުގައި 9.630 މީޓަރު ހުރި އިރު، ފުންމިނުގައި ހުރީ 3.990 މީޓަރެވެ. އަދި ޓަނޭޖަކީ 73.430 އެވެ.

ދޯންޏާ ބެހޭގޮތުން، ދޯނީގެ ވެރިފަރާތުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިސްމާއީލް އާދަމް މި ނޫހަށް ބުނީ، އެ ދޯނި ބަނުމަށްފަހު، އިންޖީނު އެޅުމަށްޓަކައި، ދޯނި ރަހުނުކޮށް ބޭންކުން ލޯނެއް ނެގި ކަމަށެވެ. އަދި އެ ލޯނު ނުދެއްކުމުގެ ސަބަބުން ބޭންކުން ދޯނި ނީލަމުގައި ވިއްކާލަނީ ކަމަށެވެ.

"އެމީހުން (ބޭންކުން) އެކިފަހަރު މަތިން ފައިސާ ދައްކަން އަންގާފަ، ކޯޓުގެ ހުރިހާ މަރުހަލާތައް ކަޑައްތުކޮށްފަ، ނީލަން މިހާރު ދެތިން ފަހަރު ކިޔައިފި، ދެން ނަގާނެ ބަޔަކު ނުވެގެންހެން ހީވަނީ، އަނެއްކާވެސް ނީލަމުގަ މިހާރު އޮތީ،" އިސްމާއީލް ބުންޏެވެ.

އިސްމާއީލް ބުނީ، ދޯނި ބަނުމަށްފަހު މޫދަށް ބޭލީ 2015 ވަނަ އަހަރު ކަމަށާއި ލޯނު ނެގީ، އެ ދޯނީގެ އިންޖީނު ގަތުމަށް ކަމަށެވެ.

އެތައް އަހަރެއްގެ ފައިސާ އެއްކޮށްގެން ބަނދެފައުވާ ދޯންޏަކަށް މިފަދައިން ކަންތައް ދިމާވުމުން، ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް އިސްމާއީލް ބުންޏެވެ.

މި ދޯނި ވިިއްކާލުމަށް މިހާރު ދެތިންފަހަރު ބޭންކުން ނީލަމަށް ލީ ނަމަވެސް، މިހާތަނަށް އަދި ދޯނި ވިކިފައި ނުވާކަމަށް އިސްމާއީލް ބުންޏެވެ.

"ދެން މިކަމުގަ، ނީލަމަށް ނުގޮށް، ދޯނީގެ ވެރިފަރާތާ، ބޭންކާ ވާހަކަ ދައްކައިގެން ރަނގަޅު ގޮތެއް ވެއްޖެއްޔާމުން ރަނގަޅު. އޭރުން އަޅުގަނޑުމެންނަށް ދެއްކޭނެ އަދަދެއް ކަނޑައަޅައިގެން، އެކަން ކުރަން ފުރުސަތު ދެއްވައިފިއްޔާ، އެ ޕްރޮސީޖާ އޮތްގޮތަށް އަޅުގަނޑުމެންް ފޮލޯ ކުރާނަން،" އިސްމާއީލް ބުންޏެވެ.

ބޭންކުން ކޮށްފައިވާ އިއުލާނަށް އިޝާރާތް ކުރަމުން އިސްމާއީލް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. ދޯނީގެ ފޮޓޯ ޖަހާލިނަމަ ލިޔުން ފުރިހަމަވީސް

  2. 2015އިން ފެށިގެން ދައްކަންޖެހޭ ފައިސާ މިހާތަނަށް ނުދެއްކި ހުއްނާނީ ވަރަށް ނުލަފާވީމާ. ހީވަނީތަ ބޭންކުން ލޯނުނަގާފަ އިންޖީނުގަތީމަ އަމިއްލަވީކަމަށް. މިއިއްހާދުވަހު ތިޔަ ކެވުނީ އަލިފާނޭ..

  3. އެހެންވީމަ ރިބާ ނުނަގަންވީ .ރިބާނަގައިގެން ކުރާ އެއްވެސް ކަމެއްގަ ބަރަކާތެއް ނުހުންނާނެ ލިބޭނީ ހުސް ގެއްލުން.

  4. ރިޒޯޓްކުލި ފަސްކޮއް ލުއިދީފަ 99ޮ އަހަރަށް އެއްބަސްވުން ދަންމާފަ.ނިކަމެތި މސްވެރިޔާގެ ދޯނި ވިއްކާލުން ފައިސާވެރިންގެ ދުނިޔެ

Comments are closed.