މަސްވެރިކަމާއި ގުޅޭ

މަސްވެރިންތަކެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
މަސްވެރިންތަކެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

މަަސްކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާދޭ ވައުދު، ފުރަތަމަ އަހަރުތެރޭގައި ފުއްދަން މަސައްކަތް ކުރަނީ!

މަަސްކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާދޭ ވައުދު، ވެރިކަމުގެ ފުރަތަމަ އަހަރުތެރޭގައި ފުއްދަން މަސައްކަތް ކުރައްވާ ކަމަށް، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ގައުމާ ހަވާލުވި އިރު ގައުމުގެ މާލީ ހާލަތު އޮތްގޮތުން، މި އަހަރަކީ ވަރަށް ޗެލެންޖިންގް އަހަރަކަށް ވާނެ ކަމަށެވެ.

ނަމަވެސް، މިހާރުވެސް މަސައްކަތް ކުރަނީ އެވަދު ފުއްދުމުގެ އަމާޒުގައި ކަމަށާއި، މިފަދަ މުހިންމު ވައުދުފުޅުތައް، ވެރިކަމުގެ ދައުރުގެ ކުރީކޮޅު ފުއްދަން ރައީސް ބޭނުންފުޅުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެން ރައީސުންހެން ދައުރުގެ ފަހުކޮޅު، ފަހު އަހަރު ފުއްދާ ވައުދުތަކަކަށްވުރެ، ދައުރުގެ ކުރީކޮލު މި ހުރިހާ ވައުދުފުޅުތަކެއް ފުއްދޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ވަރަށް ބޮޑަށް (ރައީސް) ބާރުއަޅުއްވާ" ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، މިފަދައިން މަސައްކަތްތައް ކުރިއަށް ގެންދެވޭނަމަ، ވެރިކަމުގެ ފުރަތަމަ އަހަރުވެސް އެ ވައުދު ފުއްދުން އެކަށީގެންވާ ކަމަށް ވަޒިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.