މަސްވެރިކަމާއި ގުޅޭ

އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

ގެއްލުނު ޒުވާނާ ފެނުނީ މޫދު އަޑިން، މިހާރުވަނީ ހޮސްޕިޓަލަށް ގެންދެވިފައި: އެމްއެންޑީއެފް

ޑިންގިއެއްގައި މަހަށްގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ މޫދު އަޑިން ފެނިފައިވާ ކަމަށާއި މިހާރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ، ސ. ހިތަދޫ/ ފެހިވިނަ، ތޮލާލް އަހުމަދު، 24، އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކަސްޓްމާ ރިލޭޝަން އޮފިސަރ، ޝާފީ މުހައްމަދު މި ނޫހަށް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 12:30 ހާއިރު ކަމަށާއި، އީއާރުގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

"ޑޮކްޓާސްގެ އޮންގޮއިންގް ޓްރީޓްމަންޓެއް. ދެން ސީދާ އެއްޗެކޭ ބުނަން އެނގޭނީ ޑޮކްޓަރސް އަޕްޑޭޓެއް ދިނީމަ،" ޝާފީ ވިދާޅުވިއެވެ.

ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ

ސ. ހިތަދޫ އިން ފުރައިގެން، މަސް ހިފަން ދިޔަ ޑިންގީއަކުން ފޭބި ތިންމީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު 11:32 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!