މަސްވެރިކަމާއި ގުޅޭ

މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" -- ފޮޓޯ/ މެރިން އިކުއިޕްމަންޓްސް

މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" އިން، މަސްވެރިންނަށް ކަނޑުމަތީގެ ހާދިސާތަކުގައި އެހީވެދޭނެ

މަސްވެރިންނަށާއި އަދި ކަނޑުދަތުރު ކުރާ ހުރިހާ ފަރާތްތަކަށްވެސް، ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެ ނަމަ، އެންމެ މުހިންމު އެއް ވަސީލަތަކަށް ވާނީ އެވަގުތު ފުރާނަ ސަލާމަތް ކުރުމަށް ބޭނުންކުރާ އާލާތެކެވެ. އެގޮތުން މެރިން އިކުއިޕްމަންޓްސްއިން ލިބެން ހުންނަ "ލައިފްރާފްޓްސް" އަކީ އެފަދަ ހާދިސާތައް ދިމާވުުމުން، އެންމެ ބޭނުންވާނެ ސަލާމަތީ އެއް އާލާތެވެ.

ކަނޑުގަަދަވުމާ ގުޅިގެން ހިނގާ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ނުވަތަ މަސްދޯންޏެއް ފަރަށް އަރައި، އަޑިއަށް ދިއުން ފަދަ ހާދިސާއެއް ދިމާވުމުން އެންމެ ފުރަތަމަވެސް ބެލޭނީ، އެހީގެ އަތެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އެފަދަ އެހީއެއް ފޯރުމުގެ ކުރިން، ސަލާމަތުން ތިބުމަށް "ލައިފްރާފްޓްސް" ގެ ބޭނުން ވަރަށް ފުރިހަމައަށް ކުރެވޭނެއެވެ. ސަބަބަކީ އޭގެ އެހީގައި ގިނަ ވަގުތު ފެންމަތީގައި ތިބެވޭނެތީއެވެ.

މަސްވެރިންނާ ގުޅުންހުރި ގިނަ އާލާތްތައް ވިއްކާ މެރިން އިކުއިޕްމަންޓްސް ފިހާރައިން މައުލޫމާތުދޭ ގޮތުގައި، "ލައިފްރާފްޓްސް"އަކީ ފްލޯޓިންގ ޑިވައިސްއެކެވެ. އޭގެ ސަބަބުން، ކަނޑުމަތީގެ ހާދިސާއެއް ހިނގުމުން ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދެއެވެ.

މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" -- ފޮޓޯ/ މެރިން އިކުއިޕްމަންޓްސް

މެރިން އިކުއިޕްމެންޓްސް ފިހާރައިގައި އެކި ސައިޒުތަކުގެ "ލައިފްރާފްޓްސް" ވިއްކަން ހުރެއެވެ. އޭގެ ތެރޭގައި 50 މީހުންގެ ކެޕޭސިޓީއާއި، 30 މީހުން އަދި 20 މީހުންގެ ކެޕޭސިޓީގެ "ލައިފްރާފްޓްސް" ހުރެއެވެ. އޭގެ ތެރޭގައި މަތި ހިޔާކޮށްފައި ހުންނަ "ލައިފްރާފްޓްސް" ވެސް ހިމެނޭ އިރު، އޭގެ ކެޕޭސިޓީއަކީ   12 މީހުންނެވެ.

"ލައިފްރާފްޓްސް"އާއެކު ބޭނުންކުރާ މުހިންމު އެހެން ޕްރޮޑަކްޓްތައް ވެސް މެރިން އިކުއިޕްމަންޓްސްއިން ލިބެން ހުރެއެވެ. އޭގެތެރޭގައި:-

  • ހޭންޑް ފްލެއަރ
  • ރޮކެޓް ޕެރެޝޫޓް ފެލެއަރ
  • ޑޭލައިޓް ސިގްނަލް މިރާ
  • ސަވައިވާ މެނުއަލް ފޮތާއި ސަވައިވަލް ސިގްނަލް ދިނުމާއި ގުޅޭ މައުލޫމާތު
  • ސީސިކްނެސް ބޭގްސް
  • އިންފްލޭޝަން ޕަމްޕް އާއި ސްޕޮންޖް
  • ގޮއްވާ ކަށިގަނޑު
  • ފެން ނުވަންނަ ޓޯޗް
  • ރިޕެއަރ އައުޓްފިޓް
  • ޕެޑެލް
  • އެންކަރ
  • ލައިޓް
  • ލިތިއަމް ބެޓަރީ ފަދަ އާލާތް ހިމެނެއެވެ.
މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" -- ފޮޓޯ/ މެރިން އިކުއިޕްމަންޓްސް

މެރިން އިކުއިޕްމަންޓްސް ފިހާރަ: މާލޭ، ކަނބާ އައިސާރަނި ހިނގުން، ހިިރިޔާ ސްކޫލު ކުރިމަތި

ހޮޓްލައިން: 3338820

ވައިބަރ: 7591957

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!