މަސްވެރިކަމާއި ގުޅޭ

10-12-1168x600

ގަނޑުވެފައި އޮތް މިޔަރެއް، ގިނަ ބައެއްގެ ސަމާލުކަމަށް!

ގަނޑުވެފައި އޮތް މިޔަރެއް އެމެރިކާގެ ބީޗަކަށް ލައްގައިފިއެވެ. އެމެރިކާގެ، މަސަޗޫސަސްގެ ކޭޕް ކޯޑުގެ ބީޗަކަށް، ގަނޑުވެފައިވާ މި މިޔަރު ލެއްގި އިރުވެސް އޮތީ މަރުވެފައެވެ.

ފިނިކަން ގަދަ ހިސާބުކަނޑުގެ މި ބީޗަށްވެސް އާއްމުކޮށް މީހުން ކިޔާ އުޅެނީ ކޯލްޑު ސްޓޯރޭޖް ބީޗެވެ. މި މިޔަރު ފެނިފައިވަނީ ބީޗުގައި ފޮޓޯ ނަގަން އުޅުނު ފޮޓޯގްރާޕަރަކަށެވެ.

ފޮޓޯގްރާޕާ އެމީ ވަނީ މި މިޔަރުގެ ފޮޓޯ އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އަދި މިއީ އޭނާ ފޮޓޯ ނަގަން ނުކުތް އިރު ފެންނާނެ ކަމަށް އުއްމީދުކުރި ކަހަލަ އެއްޗެއް ނޫން ކަަމށްވެސް އެމީ ބުނެފައިވެއެވެ.

ގަނޑުވެފައި އޮތް މިޔަރަކީ ޕޯބިއޭގަލް ޝާކެކެވެ. މި މިޔަރު މަރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އެއަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން އޭގެ ގައިގައި ޒަހަމްތަކެއް ހުރިކަމަށް އެމީ ބުނެފައިވެއެވެ.

ކޭޕް ކޯޑުގެ ކަނޑުގެ އައްސޭރިފަށުން މިޔަރު ފެންނަ މިންވަރު މިދުވަސްވަރު ވަނީ އިތުރުވެފައެވެ. މިއާއެކު އާއްމުންވެސް މި ބީޗަށް މޫދަށް އެރި ނުހެދުމަށް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!