މަސްވެރިކަމާއި ގުޅޭ

vissaara

މޫސުން ގޯސްވެ ދެކުނަށް ހުދު ސަމާލު ނެރެފި

މޫސޫން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރިފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

ދެކުނަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 ފެށިގެން މެންދުރުފަހު 1:30 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!