މަސްވެރިކަމާއި ގުޅޭ

0_We-survived-as-castaways-for-38-days-by-drinking-turtle-blood-we-swore-we-would-not-eat-each-othe

ދަތުރުކުރި ބޯޓު އަޑިއަށްގޮސް، ކަނޑުމަތިވުން، ފުރާނަ ސަލާމަތްވީ ވެލާ ލެޔާ މިޔަރު މަސް ކައިގެން

މިއީ 1971ވަނަ އަހަރު ހިނގި ހާދިސާއެކެވެ.

އާއިލާއެއް ދުނިޔެވަށާ ކަނޑުމަގުން ދަތުރުކުރުމަށް ނިކުތީ ފޮނި އުންމީދުތަކަކާއި އެކުއެވެ.

މި ހާދިސާ ހިނގި އިރު އުމުރުން 18 އަހަރުގެ ޑޮގްލަސް ރޮބާޓްސަންވަނީ އޭނާގެ ތަޖުރިބާ އޮންލައިން ނޫހަކާއި ހިއްސާކޮށްފައެވެ. ދަތުރުކުރި ބޯޓު އަޑިއަށް ދިޔައިރު އޭގެން ދަތުރުކުރަމުން ދިޔައީ ޑޯގްލަސްގެ މަންމަ އާއި ބަައްޕަ އަދި އޭނާގެ އެއްމާބަނޑު 2 ކޮއްކޮއެވެ. މީގެއިތުރުން ދުނިޔެވަށާ ބުރުޖެހުމަށް މަސައްކަތްކުރަމުން ދިޔަ އިތުރު މީހެއްވެސް އޭގެން ދަތުރުކުރަމުން ދިޔައެވެ.

އެމީހުން ދަތުރުކުރަމުން ދިޔަ ބޯޓު އަޑިއަށް ދިޔައީ 3 ކިލާވޭލް ހަމަލާ ދިނުމުންނެވެ. އެމީހުން ސަލާމަތްވާން އެރީ ބޯޓުގައި އައްސާފައި އޮތް ކުޑަ ޑިންގީއަށެވެ.

އެމީހުންނަށް އެ ޑިންގީއަށް އެރުވުނީ 10 ދުވަހަށް ވާވަރަށް ބޯފެނާއި،3 ދުވަހަށް ވާވަރަށް ކާއެއްޗިއްސެވެ. އެހެންކަމުން ފުރާނަ ސަލާމަތްކުރަން ކެއުން ބުއިމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހުނެވެ.

ޑޯގްލަސް ބުނިގޮތުގައި މަސް ކަހަލަ އެއްޗެހި ބައެއް ފަހަރު އަމިއްލައަށްވެސް ޑިންގީ ތެރެއަށް ފުއްމާލައެވެ. އެހެންނަމަވެސް އެއީ މަދު ހާލަތެއްގައެވެ. އެހެންކަމުން ކާނެ އެއްޗެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ވެލާގެ ލޭ ބޯން ވިސްނީ އެއީ އޭނާ ކީ ފޮތެއްގައި އެވާހަކަ އޮތުމުންނެވެ. އަދި އެކަން ފުރަތަމަ ޓެސްޓުކުރީ ބައްޕަ ކަމަށާއި، އެއަށްފަހު އެންމެންވެސް ވެލާގެ ލޭ ބުއީކަމަށެވެ.

އެމީހުންވަނީ މިޔަރު ހިފާ އޭގެ މަސްވެސް ކައި ހަދާފައެވެ. އަދި މިގޮތަށް ކަނޑުމަތީގައި 37 ދުވަސްވަނީ ހޭދަކޮށްފައެވެ. އެމީހުން ސަލާމަތްވީ ޖަޕާންގެ މަސް ބޯޓަކަށް އެމީހުން ފެނިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!