މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ
ކޫއްޑޫ

ކޫއްޑޫއަށް މަސް ކިރުވި އަދަދު %26 އިތުރުވެއްޖެ

އަހަރުގެ މިހާތަނަށް މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 30،555 ޓަނުގެ މަސް ކިރުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކޫއްޑޫއަށް މަސް ކިރުވާފައިވާ އަދަދު ކަމުގައިވާ 24،317 އާއި އަޅާ ބަލާއިރު 26% އިތުރު އަދަދެކެވެ.

މިފްކޯގެ ސެންޓަރުތަކުގެތެރެއިން މަސްވެރިންގެ އަތުން އެންމެ ގިނަ އަދަދަކަށް މަސް ގަންނަނީ ކޫއްޑޫއިންނެވެ. މިފްކޯގެ ކޫއްޑޫ ކޮމްޕްލެކްސްއިންވަނީ އަހަރުގެ މިހާތަނަށް މަސްވެރިންނަށް 513 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 395 މިލިއަން ރުފިޔާގައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފްކޯއަށް އަހަރުގެ މިހާތަނަށްވަނީ ޖުމްލަ 39750 ޓަނުގެ މަސް ކިރުވާފައެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ %25 އިތުރު އަދަދެކެވެ. އަދި ޖުމްލަ 661 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯގެ ސެންޓަރުތަކުގެތެރެއިން އެންމެ މަދުން މަސް ގަނެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. އަހަރުގެ މިހާތަނަށް އެ ސެންޓަރަށް ކިރުވާފައިވަނީ 4351 ޓަނުގެ މަހެވެ.

މިފްކޯގެ ފެލިވަރު ކޮމްޕްލެކްސްއަށް ކިރުވާފައިވަނީ 4844 ޓަނުގެ މަހެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ %1 އިތުރު އަދަދެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!