މަސްވެރިކަމާއި ގުޅޭ

Screenshot 2023-10-30 080324

ތަފާތު ވީޑިއޯއެއް، ގައި މައްޗަށް ފުއްމާލީ ބޮޑުމަހެއް، ފުރާނަ ސަލާމަތްވީ ކިރިޔާ

މޫދުގައި އުޅޭއިރު ހިނގާ ހާދިސާތައް ކެމެރާގައި ރެކޯޑުކުރެވެނީ މަދު ފަހަރެއްގައެވެ.

އޮސްޓްރޭލިއާގައި ވިންޑު ސާފް ކުރަން އުޅުނު ޖޭސަން ބްރީންއަށްވަނީ މިފަދަ ހާދިސާއެއް ރެކޯޑުކުރެވިފައެވެ. އޭނާ ވިންޑް ސާފް ކުރަން އުޅެނިކޮށްވަނީ ބޮޑު މަހެއްގައި ޖެހި އޭނާ މޫދު އަޑިއަށް ދަމައިގަނެފައެވެ.

55އަހަރުގެ ބްރީން ވިންޑް ދިޔައީ ގޯ ޕްރޯއަކުން އޭނާ ވިންޑް ސާފްކުރާ މަންޒަރުތައް ރެކޯޑުކުރަމުންނެވެ. ނޭގި ހުއްޓާ މޫދުން ފުއްމާލީ 60 ފޫޓުގެ ބޮޑު މަހެކެވެ. އަދި އެމަސްވަނީ އޭނާއާއި އެކު އަޑިއަށް ގޮސްފައެވެ. އަދި ވަގުތު އޭނާއަށް އިހްސާސްވީ އޭނާގެ ފުރާނަ ދެން ސަލާމަތް ނުވާނެ ކަމަށެވެ.

މޫދުގެ ގާތްގަނޑަކަށް 20 ނޫނީ 30 ފޫޓު އަޑިއަށް ބޮޑުމަހާއި އެކު އޭނާ ދަމައިގަތެވެ. އެހެންނަމަވެސް އޭނާގެ ނަސީބު ރަނގަޅުކަމުން މައްޗަށް އެރޭގޮތްވިއެވެ.

ބްރީން އަކީ ވިންޑު ސަރފް ކުރުމުގެ ތަޖުރިބާހުރި މީހެއް ނަމަވެސް މިފަދަ ކަމަކާއި އޭނާއަށް ދުވަހަކުވެސް ކުރިމަތިނުވެއެވެ.

ބްރީން ބޮޑު މަހާއި އެކު އަޑިއަށް ދަމައިގަންނަ ވީޑިއޯ ވަނީ އެވަގުތު އެއްގަމުގައި ހުރި މީހަކަށްވެސް ރެކޯޑުކުރެވިފައެވެ. މި މަންޒަރު ފެންނަނީ ވަރަށް ބިރުވެރިކޮށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!