މަސްވެރިކަމާއި ގުޅޭ

Screenshot 2023-11-06 064905

އިނގިރޭސި ކަނޑުތަކުން ނޫ އުރަހަ ކަންނެލި ފެންނަ މިންވަރު އިތުރުވަނީ، ހިތްގައިމު ވީޑިއޯތަކަށް ބޮޑު ސަމާލުކަމެއް

ގާތްގަނޑަށް 60 އަހަރަށްފަހު އިނގިރޭސިވިލާތުގެ ކަނޑު ސަރަހައްދުން ނޫ އުރަހަ ކަންނެލި ފެންނަ ފަށައިފިއެވެ.

މިފަހުން ސޯޝަލް މީޑިއާގައި އެކި މީހުން ދަނީ ނޫ އުރަހަ ކަންނެލި މޫދުން މައްޗަށް ފުއްމާލާ މަންޒަރު ފެންނަ ވީޑިއޯތައް ހިއްސާކުރަމުންނެވެ. އެގޮތުން ހެންރީ ކަރކްވުޑް ނަމަކަށް ކިޔާ މީހެއް ނެގި ވިޑިއޯއަކަށް ވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އެގޮތުން އޭނާ މި ވީޑިއޯ ޔޫ ޓިއުބަށް ދޫކޮށްލިދާ އެންމެ 3 ހަފްތާތެރޭގައި މިލިއަނަކަށް ވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯއަށް ކޮމެންޓުކޮށްފައެވެ.

އޭނާގެ ވީޑިއޯއިން ފެންނަނީ ކުދި މަސްތަކެއް ފަހާ ނޫ އުރަހަ ކަންނެލި ދާ މަންޒަރެވެ. އެގޮތުން މޫދުން މަސްތައް ކަމުންގޮސް މޫދުން މައްޗަށްވެސް ފުންމާލާ މަންޒަރުވެސް މި ވީޑިއޯގައި ފެނެއެވެ.

އިނގިރޭސި ކަނޑުތަކުން ނޫ އުރަހަ ކަންނެލި ހުސްވިގެންދިޔައީ 1960ގެ އަހަރުތަކުގައެވެ. މީގެ މައިގަނޑު ސަބަބަކީ ބެލެހެއްޓުމެއް ނެތި ވިޔަފާރީގެ ބޭނުމަށް ދާ ޖަހައިގެން ނޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރުމެވެ.

އިނގިރޭސި ކަނޑުތަކުން ނޫ އުރަހަ ކަންނެލި ފެންނަން ފަށާފައިމިވަނީ އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި އެކުއެވެ. އެގޮތުން އެމަސް ބޭނޭނެ މިންވަރަށް ކަނޑައެޅުމާއި، މޫދު ލޮނުގަނޑު ހޫނު ވުމާއި، މިމަސް އާއްމުކޮށް ކައި އުޅޭ ބާވަތުގެ މަސްތައް އިނގިރޭސި ކަނޑުތަކުގައި މިހާރު އިތުރުވެފައިވުމަކީވެސް މީގެ ސަބަބުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!