މަސްވެރިކަމާއި ގުޅޭ

Screenshot 2023-11-08 090759

ކަނޑުގައި އުޅުނު އެންމެ ބޮޑު މިޔަރު، މެގެލަޑާންގެ ދަތެއް ފެނިއްޖެ

ކަނޑުގައި އުޅުނު އެންމެ ބޮޑު މިޔަރު، މެގެލަޑާންގެ ދަތެއް ކުޑަކުއްޖަކަށް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

މީގެ 3.6 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބުނާ މި ބާވަތުގެ މިޔަރުގެ ފޮސިލްސް ހޯދުމަކީ ބައެއް މީހުން ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެހެން ނަމަވެސް އެފަދަ އެއްޗެއް ފެނުމަކީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ.

އަދި މިގޮތަށްވެސް އާއްމުކޮށް ފެނިފައި ހުރީ މެގަލަޑާންގެ ކުދި މިޔަރުގެ ދަތްތަކެވެ. ބޮޑެތި ސައިޒުގެ ދަތްތައް ފެނިފައި ހުރީ މަދުންނެވެ. ބޮޑުތި މިޔަރުގެ ދަތްތަކުގެ ސައިޒު 3.5 އިންޗިއަށް އަރައެވެ.

މިފަހުން ގިނަ ބައެއްގެ ސަމާލުކަމެއް ވަނީ އިންސްޓަރގްރާމުގައި މީހަކު ހިއްސާ ކުރި މެގަލަޑާންގެ ދަތަކަށް ލިބިފައެވެ. މިޔަރުގެ ފޮސިލްސް އަށް ހާއްސަ އެ އެކަައުންޓުގައި ބުނެފައިވަނީ މެގަލަޑާންގެ އެ ދަތް ފެނުނީ ބީޗަކުން ކަމަށެވެ. ސައިޒުގެ ގޮތުން ބޮޑު އެ ދަތުގެ ހާލަތުގެ ވަރަށް ރަނގަޅެވެ.

 

View this post on Instagram

 

A post shared by SHRKco (@shrkco)

ކަނޑުގައި އުޅުނު އެންމެ ބޮޑު އަދި އެންމެ ބާރުގަދަ މިޔަރުގެ ބާވަތް ކަމަށްވާ މެގެލަޑާން ޝާކް ދުނިޔޭގައި އުޅުނުކަމަށް ލަފާ ކުރެވެނީ މީގެ 15.9 މިލިއަން އަހަރު ކުރިންނެވެ. މެގެލަޑާންގެ މާނައަކީ ބޮޑެތި ދަތްތަކެވެ. މެގެލަޑާން ޝާކަކީވެސް އެއަށް ދެވިފައިވާ ނަން ފަދައިން ބޮޑެތި ތޫނު ދަތްތަކެއް ލާފައިހުންނަ މިޔަރުގެ ބާވަތެކެވެ. ގާތްކަނޑަކަށް 544 ދަތް އެކުލެވޭ މި މިޔަރުގެ ބޮޑުމިނުގައި 60 ފޫޓު ހުންނަކަމަށް ދިރާސާކުރާ ފަރާތް ތަކުން ބުނެއެވެ.

މި ބާވަތުގެ މިޔަރު ދުނިޔެއިން ނެތި ދިޔުމުގެ ސަބަބުތަކުގެތެރޭގައި މޫސުމަށް އައި ބަދަލުތަކާއި އެކު އެއަށް ކާނާ ލިބުމުގައި ހުރި ދަތިތައް ފާހަގަކޮށްލެވެއެވެ. އޭތި އާއްމުކޮށް ކައި އުޅެނީ ސީލްސް، ވެލާ، ބޮޑުމަސް، ސީ ކައުސް އަދި ކުދި މިޔަރާއި އެކި ބާވަތުގެ މަހެވެ. ސައިޒުގެ ގޮތުން ބޮޑުވުމުން މިޔަރުތައް ގިނައިން ކާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!