މަސްވެރިކަމާއި ގުޅޭ

Screenshot 2023-11-11 043652

މަދުން ނޫނީ ނުފެންނަ މަހެއްް ބާނައިގެން ޕާކިސްތާނުގެ މަސްވެރިއެއް މިލިއަނަރަކަށް

މަދުން ނޫނީ ނުފެންނަ މަހެއްް ބާނައިގެން ޕާކިސްތާންގެ މަސްވެރިއެއް މިލިއަނަރަކަށްވެއްޖެއެވެ.

ޙަބަރުތައް ބުނާގޮތުގައި ހާޖީ ބަލޮޗު ނަމަކަށް ކިޔާ މި މަސްވެރިޔާ ދާ ޖަހައިގެން މަސް ހިފުމުގެތެރެއިން ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ އަދި ވަރަށް އަގު ބޮޑު މަހެއްް ހިފާފައެވެ. ސޯވާގެ ނަން ދެވިފައިވާ މި މަހަކީ ބޭސްވެރިކަމުގައި ބޭނުން ކުރާ މަހެކެވެ.

އޭނާ ހިފި މަސްވަނީ ޕާކިސްތާންގެ ކަރާޗީގެ ނީލަމެއްްގައި 2 ކްރޯޑު ރުޕީސްއަށް ވިއްކާލާފައެވެ.

ސޯވާ ފިޝް ބާނާފައިވަނީ އަރަބި ކަނޑުންނެވެ. ހާޖީ ހިފާފައިވާ ކަމުގެ ބަރުދަނުގައި 40 ހަކަށް ކިލޯ ހުއްޓެވެ.

ހާޖީ ބުނެފައިވަނީ އޭނާއަކީ އެދުވަހު މަހަށް ދިޔަ މީހުންގެ މެދުގައި ލިބޭ ފައިސާ ހަމަހަމަ އުސޫލަކުން ބަހާނެ ކަމަށެވެ.

މީގެކުރިންވެސް ޕާކިސްތާނުގެ މަސްވެރިންނަށް ސޯވާ މަސް ބޭނިފައި އެބަހުއްޓެވެ. އަދި އެ ފަހަރުތަކުކުގައިވެސް މަސްވެރިން ވަނީ އެއް ރޭ މަތިން ބޮޑެތި މައްސަދިންނަށްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!