މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން މިނިސްޓަރު ޝިޔާމްއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކޮށްފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ރޭގެ ވަގުތެއްގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދިމާވަމުންދާ ދަތިތަކާއި މަސްވެރިންގެ ކަންބޮޑުވުންތައް ޔޫނިއަންގެ ފަރާތުން މިނިސްޓަރާ ހިއްސާ ކޮށްފައިވާ ކަަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބައްދަލުކުރެއްވުމުގައި، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް އެދިފައިވާނެ ކަމަށާއި އަދި ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މަސްވެރިކަމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ސިނާއަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަފްތާ-14 ގެ ތެރޭގައި މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާ ކުރުމާއި، މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާ ލުމުގެ ގޮތުން، ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓު ކުރުމަށް ހާއްސަ އެޖެންސީއެއް އުފެދުންވެސް ހިމެނެއެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!