މަސްވެރިކަމާއި ގުޅޭ

1507275-11-20231214122628-tons-fish-mysteriously-wash-ashore-japan

ގިނަ އަދަދެއްގެ މަސް މަރުވެގެން ޖަޕާނަށް ލައްގަނީ

ޖަޕާންގެ ބީޗުތަކަށް ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގަމުން އެބަދެއެވެ.

ޖަޕާނުގެ އޮފިޝަލުން ބުނެފައިވަނީ އަދި މިހާތަނަށް މިކަމުގެ ސަބަބު ދެނެގަނެވިފައި ނުވާކަމަށެވެ. މިމަހުގެ ކުރީކޮޅުން ފެށިގެން މަސްތައް ލައްގަމުން އައިސްފައިވާއިރު، މުޅި ބީޗު ސަރަހައްދު އެއްކޮށް ފުރާލާފައި އޮންނަނީ މަރުވެގެން ލައްގާ މަހުންނެވެ.

މަރުވެގެން ލައްގާ މަސްތައް އާއްމުން އަވަހަށް ނަގާ އެ އެއްޗެހި ނައްތާލަނީއެވެ. މިގޮތަށް ކަންތައްކުރަނީ ބީޗުގައި އެގޮތަށް ކުނިވާން ބެހެއްްޓުމުން ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބަލައެވެ.

މަރުވެގެން މަސްތައް ލައްގާ ސަބަބެއް ނޭގޭ ކަމަށް ޖަޕާނުގެ އޮފިޝަލުން ބުނި ނަމަވެސް، ގިނަ ބަޔަކު ދަނީ މިއީ ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުގައި ހުރި ފެންތައް ކަނޑަށް ދޫކުރަން ފެށުމުން ވާން ފެށި ކަމެއްް ކަމަށް ބުނެފައެވެ.

2011ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޯ އެކްޓިވް ބޭރުވާން މެދުވެރިވީ، ރެކްޓަރ މިންގަނޑުން 9.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމަކާއި އަދި ބިން ހެލުމާއި ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެނެވެ.

10 ވަރަކަށް އަހަރަށްފަހު އެ ޕްލާންޓުގައި ހުރި 1 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ޖަޕާނުން މިހާރު ފަށާފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުންވެސް މަނާކޮށްފައެވެ.

ޖަޕާނުން ސީފުޑް އިމްޕޯޓްކުރުން އަވަށްޓެރި ބައެއް ޤައުމުތަކުން މަނާކުރުމުން ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. އަދި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރިނަމަވެސް، ކަނޑުގެ ޕޮލިއުޝަން މިންވަރު ހުންނާނީ ރައްކާތެރިކަމަށް ކަނޑައަޅާ މިންވަރުގައިކަމަށާއި މިއީ އެހެން ޤައުމުތަކުންވެސް މިފަދަ ރޭޑިއޯ އެކްޓިވް ފެނާއިމެދު އަމަލުކުރާ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރޭޑިއޯ އެކްޓިވް ފެން ކަނޑަށް ދޫކުރަމުންދާނީ މޮނިޓަރކުރަމުންކަމަށެވެ. އަދި އާދަޔާ ހިލާފަށް ރޭޑިއޯ އެކްޓިވް މާއްދާތައް ގިނަވާކަމުގައިވާނަމަ އެ މަސައްކަތް ހުއްޓާލާނެކަމަށްވެސް ޖަޕާނުގެ ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

 

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގައި 18 ހާހެއްހާ މީހުން މަރުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!