މަސްވެރިކަމާއި ގުޅޭ

Octopus-BlueRinged

އޮސްޓްރޭލިއާގައި ވިހަގަދަ ބޯވައެއް ހަމަލާދިނުމުން ކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

އޮސްޓްރޭލިއާގައި ކުއްޖަކަށް ބްލޫރިންގްޑް އޮކްޓޮޕަސްއެއް ހަމަލާ ދިނުމުގެ ސަބަބުން ހާލު ސީރިއަސްވެއްޖެއެވެ.

ބީޗުމަތިން ނެގި ބޮއްޔެއްގެ ތެރޭގައި އޮތް އެ ބޯވަ 18 އަހަަރުގެ ޖޭކޮޕް އެގިންގޓަންއަށް ހަމަލާދީފައިވަނީ ބޮލި ޖީބަށް ލައިގެން ގެއަށް ގޮސް އޭނާއަށް ބޮޑު ބޭބެ ކިޔާ ކުޑަ ކުއްޖަކަށް އެ ބޮލި ދެއްކުމަށް ނެގި ގަޑީގައެވެ.

ބޯވަ ފެނުމާއި އެކު ޖޭކޮޕްވަނީ ބޮލި އެއްލާލާފައެވެ. އެހެންނަމަވެސް އޭރު އޭނާގެ ފައިގައި އެ ބޯވަ ވަނީ ދަތް އަޅާފައެވެ.

އަދި ހާލުދެރަވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސްވަނީ 6 ގަޑިއިރުވަންދެން ފަރުވާދީފައެވެ. މިހާރު އޭނާ ގެއަށް ދޫކޮށްލާފައިވާއިރު، ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ދުނިޔޭގެ އެންމެ ވިހަ ގަދަ ބޯވައިގެ ބާވަތެވެ. އޭގެ ގައިގައި ހުންނަ ނިއުރޯޓޮކްސިންއިން ވިހަ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ދިޔުމުން، ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.

މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!