މަސްވެރިކަމާއި ގުޅޭ

kch-231223-gp-boyakNEW-p1

މެލޭޝިއާގައި މަސްބާނަން ދިޔަ ކުއްޖަކަށް ކިނބުލެއް ހަމަލާދީފި

މެލޭޝިއާގައި މަހަށް ގޮސް އުޅުނު ކުއްޖަކަށް ކިނބުލެއް ހަމަލާދީފިއެވެ.

މެލޭޝިއާގެ ކުޗިންގައި ހިނގި މި ހާދިސާގައި ކިނބޫ ހަމަލާ ދީފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އޭނާ މަހަށް ދިޔައީ އިތުރު ކުއްޖަކާއި އެކުއެވެ. އަދި އެ ކުއްޖާ އަށް ކިނބޫ ހަމަލާދީ ކޯރުގެ ތެރެއަށް ދަމައިގަތް މަންޒަރު އޭނާއަށްވަނީ ފެނިފައެވެ.

އެހިސާބުގެ ސްޓޭޓު ފަޔަރ އެންޑު ރެސްކިއު ޑިޕާޓުމަންޓުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:27 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި 9 މެމްބަރުންގެ ޓީމަކުން ދަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!