މަސްވެރިކަމާއި ގުޅޭ

1143766_5492159_hawaii_updates

ހަވާއީގައި މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެއްްޖެ

މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އެމެރިކާގެ ހަވާއީގައި މީހަކު މަރުވެއްޖެއެވެ.

މިދިޔަ ހޮނިހިރުދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ 39 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިޔަރެއް ހަމަލާދީގެން އުޅޭ ކަމުގެ ރިޕޯޓުލިބުމާއި އެކު ޖެޓް ސްކީގައި ވަނީ އެމީހާ އެއްގަމަށް އަރުވާފައެވެ.

އަދި ސިއްހީ އަވަސް ފަރުވާ ވަގުތުން ދީފައިވެއެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ. އެހެންނަމަވެސް އޭނާ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދެމުންދަނިކޮށްވަނީ މަރުވެފައެވެ.

ހަވާއީގައި ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުން ފެށިގެން ޑިސެމްބަރުމަހާ ހަމައަށް މިޔަރު ހަމަލާދިނުމުގެ ހާދިސާތައް އިތުރުވެފައެވެ. އެހެންނަމަވެސް މީހުންގެ ފުރާނައަށް ގެއްލުންވާ ވަރުގެ ހަމަލާތައް މިޔަރުގެ ފަރާތުން ލިބެނީ މަދުފަހަރެއްގައެވެ.

އެގޮތުން ހަވާއީގައި މިފަދަ ހާދިސާއެއް މީގެކުރިން ރެކޯޑުކުރެވިފައިވަނީ 2022ވަނަ އަހަރުގެ ޑިސެމްބަރުމަހުގެތެރޭގައެވެ.

ހަވާއީގައި މިޔަރު ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެފައިވާއިރު، މިދިޔަ ހަފްތާގެތެރޭގައިވެސް ވަނީ މިފަދަ ހާދިސާއެއް އޮސްޓްރޭލިއާގައިވެސް ހިނގާފައެވެ. އެގޮތުން މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި މަރުވެފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!