މަސްވެރިކަމާއި ގުޅޭ

2085_1_1_2024_18_35_14_1_WHATSAPPIMAGE2024_01_01AT53941PM

3 ކިލޯގެ މާވަހަރަކާއި އެކު ކޮއިންބަތޫރުން މީހަކު ހައްޔަރުކޮށްފި

3 ކިލޯގެ މާވަހަރަކާއި އެކު އިންޑިއާގެ ކޮއިންބަތޫރުން މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް މާވަހަރު ވިއްކުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައެވެ. ފޮރެސްޓު ޑިޕާޓްމަންޓުން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ފިރިހެނެކެވެ. އެމީހާ އާއި ގުޅޭ މައުލޫމާތު ވައިލްޑްލައިފް ކްރައިމް ކޮންޓްރޯލް ބިއުރޯއަށް ލިބިފައިވަނީ ބަޔަކު އެމީހާ އާއި ގުޅޭ މައުލޫމާތު ދިނުމުންނެވެ.

އަދި މިކަމުގެ މައުލޫމާތު ފޮރެސްޓު ޑިޕާޓްމަންޓާއި ހިއްސާކުރުމުން، އެ ޑިޕާޓްމަންޓުގެ ޓީމެއްވަނީ މާވަހަރު ގަތުމަށް ކަމަށްބުނެ، އެމީހާގެ ގެއަށް ގޮސްފައެވެ. އެމީހުންގެ ބަހަށް ހެއްލި މާވަހަރު އެމީހުންނަށް ދެއްކުމުން، އެނާވަނީ ހައްޔަރުކޮށްފައެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އެގޮތުން އޮންލައިން ސައިޓުތައް މެދުވެރިކޮށްވެސް މާވަހަރުގެ ވިޔަފާރިކުރެއެވެ.އެގޮތުން މި ސައިޓުތަކުގައި ކިލޯއެއްގެ މާވަހަރު އުޅެނީ 1 ކްރޯޑު ރުޕީސްއަށެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!