މަސްވެރިކަމާއި ގުޅޭ

gastro-brac-1

އާދަޔާހިލާފަށް ބޮޑު ޑިނގާއެއް ކޮރެއޭޝިއާގެ މަސްވެރިއަކަށް ހިފިއްޖެ

އާދަޔާހިލާފަށް ބޮޑު ޝްރިމްޕެއް ނުވަތަ ޑިނގާއެއް ކޮރެއޭޝިއާގެ މަސްވެރިއަކަށް ހިފިއްޖެއެވެ.

ކޮރެއޭޝިއާގެ ގަސްޓްރޯ ފިޝް މާރކެޓުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ 25 ސެންޓިމީޓަރުގެ ބޮޑު ޑިނގާއެކެވެ. އެމީހުންވަނީ އޭގެ ސައިޒަކީ އެއީ ކަން ދެއްކުމަށް ފަތިގަނޑެއް ކައިރީ އެ ބާއްވައިގެން ފޮޓޯތައްވެސް ނަގާފައެވެ.

އެ މާރކެޓުން ބުނެފައިވަނީ ފާއިތުވީ 22 އަހަރުތެރޭގައިވެސް މި ސައިޒުގެ ޑިނގާއެއް ފެނިފައި ނުވާ ކަމަށެވެ.

ކަމާގުޅޭ މާހިރުން ބުނާގޮތުގައި މިއީ އެމެރިކަން ޝްރިމްޕްގެ ބާވަތެއްކަމަށެވެ. މީގެކުރިންވެސް ކޮރެއޭޝިއާގެ ކަނޑުތަކުން މި ބާވަތުގެ ޑިނގާ ފެނިފައިވާ ކަމަށެވެ.

ކޮރެއޭޝިއާގެ އިންސްޓިޓިއުޜް އޮފް އޯޝަނޮގްރަފީ އެންޑު ފިޝަރީސްގެ މާހިރެއް ކަމުގައިވާ ޕެރޯ ދަނީ މި ބާވަތުގެ ޑިނގާ އާއި ގުޅޭ ދިރާސާއެއް ކުރަމުންނެވެ. އޭނާ ހާމަކުރާގޮތުގައި މި ބާވަތުގެ ޑިނގާ އުޅެނީ ކަނޑުގެ 50 އާއި 200 މީޓަރާއި ދެމެދުގެ ފުންމިނެއްގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!