މަސްވެރިކަމާއި ގުޅޭ

download

މެލޭޝިއާގައި މަސް ހިފަން ދިޔަ އަންހެނެއް މަސް ބާނާ ދާގަނޑެއްގައި ތާށިވެގެން މަރުވެއްޖެ

މަސް ހިފަން ދިޔަ އުމުރުން ދުވަސްވީ އަންހެނެއް، މަސް ބާނަން ގެންގުޅޭ ދާގަނޑެއްގައި ތާށިވެ މަރުވެފައި އޮތްވައި ފެނިއްޖެއެވެ.

މެލޭޝިއާގެ ކިނަބަޓަންގަން ޑިސްޓްރިކްޓުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ މީހެކެވެ. އޭނާ މަސް ހިފަން ދާގަނޑެއް ހިފައިގެން ކޯރަށް ދިޔަފަހުން ހަބަރެއް ނުވެގެން އާއިލާ މީހުން އޭނާ ހޯދަން ދިޔައިރު ފެނުނީ ދާގަނޑުގައި ތާށިވެ، މަރުވެފައި އޮއްވައެވެ.

އޭނާ މަސް ހިފަން ދިޔައީ ހޮނިހިރު ދުވަހުއެވެ. އަދި އޭނާގެ މަރުވެފައި އޮތް ހަށިގަނޑު ކޯރުތެރެއިން ފެނިފައިވަނީ އޮޔާ އެކީ ވަރަށް ދުރަށް ގޮސްފައިވަނިކޮށް އޭގެ އެއްދުވަސް ފަހުންނެވެ.

ފުލުހުން ބުނީ މިކަން ހިނގަން މެދުވެރިވި ސަބަބެއް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި، ޖަނަވާރެއް ހަމަލާދީފައިވާ ކަމަށްވެސް ނުބެލޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!