މަސްވެރިކަމާއި ގުޅޭ

photo_verybig_20062

ގަވާއިދާ ހިލާފަށް ސީޝެލްސްގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ 19 ބޯޓު އަތުލައިގަނެފި

ގަވާއިދާ ހިލާފަށް ސީޝެލްސްގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް އަތުލައިގަނެފިއެވެ.

ސީޝެލްސް ނިއުސް އެޖެންސީއިން ޚަބަރުދޭގޮތުގައި އެޤައުމުގެ ޑިފެންސް ފޯސްއިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައިވަނީ ބޭރުގެ 19 އުޅަނދެއް ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރަމުން ދަނިކޮށް އަތުލައިގަނެފައެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ކުރިއަށްގެންދެވިފައިވަނީ ކޯސްޓު ގާޑާއި، އެއަރ ފޯސް، ސްޕެޝަލް ފޯސް އަދި އައިލެންޑް ޑިވެލޮޕްމަންޓު ކޮމްޕެނީ ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.

މި އޮޕަރޭޝަން ބޮޑު 9 އުޅަނދަކާއި ކުޑަ 10 އިޅަނދެއްވަނީ ޑިފެންސް ފޯސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މުޅި ޖުމްލަ 172 މީހުންވަނީ ހައްޔަރުކޮށްފައެވެ.

އަތުލައިގަތް އުޅަނދުތަކުގެތެރޭގައި ހިމެނެނީ މަޑަގަސްކަރުގެ އަދި ލަންކާގެ މަސް ބޯޓުތަކެވެ.

އަދި މީގެތެރޭގައި ގިނައީ ހުއިިފި ލަނޑާގެ ވިޔަފާރީގައި ހަރަކާތްތެރިވާ މަސް ބޯޓުތައް ކަމަށް ޑިފެންސް ފޯސްއިން ހާމަކުރެއެވެ.

ސީޝެލްސްގެ ޑިފެންސް ފޯސްއިން ބުނީ ކުރި މަގުގައި މިފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކާއި ގުޅިގެންވެސްް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ސީޝެލްސްގެ ޑިފެންސް ފޯސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!