މަސްވެރިކަމާއި ގުޅޭ

da1cf796-9800-455a-8a58-ba8dc5e1cf44_1920x1080

އުމުރުން އެންމެ 6 އަހަރުގެ ކުއްޖަކަށް މަސްވެރިކަމުގައި ޝަރަފުވެރި އެވޯޑެއް

އުމުރުން އެންމެ 6 އަހަރުގެ އަންސްޓު ޓޮއިފާއަށް އަކީ މަސް ބާނަން ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ މި ކުއްޖާއަށް ދާދިފަހުން ގިނަ ބައެއް ސަމާލުކަންވަނީ ލިބިފައެވެ. އާންސްޓްއަށްވަނީ އެލައިޓް އެންގްލާގެ އެވޯޑު ލިބިފައެވެ. މިއީ ގިނަ އަދަދަކަށް ބޮޑެތި މަސް ބޭނުމުން އެކަން ފާހަގަކޮށް ޓެކްސަސް ސްޓޭޓުގައި ދޭ އެވޯޑެކެވެ. މި އެވޯޑު ހާސިލްކުރެވޭނީ އެ ޑިޕާޓުމަންޓު ކަނޑައަޅާ ވަކި ހާއްސަ ޝަރަތުތަކެއް ހަމަވުމުންނެވެ.

އުމުރުން ހަނގު ނަމަވެސް އާންސްޓު ވަނީ މިހާތަނަށް ސައިޒުން ބޮޑެތި ގިނަ މަސްތަކެއް ބާނާފައެވެ. އާންސްޓުއަކީ މި އެވޯޑު ލިބުނު އެންމެ އުމުރުން ހަނގު ކުއްޖާއެވެ. އޭނާވަނީ މިހާތަނަށް 21.7 އިންޗީގެ ޝީޕްހެޑު މަހަކާއި، 22.75 އިންޗީގެ ބްލެކް ޑްރަމްއަކާއި، 21.25 އިންޗީގެ ލޭޑީފިޝްއަކާއި، 21 އިންޗީގެ ސްޕޮޓަޑު ސީޓްރައުޓުގެ އިތުރުން 14.88 އިންޗީގެ ސޭންޑު ސީޓްރައުޓެއް ބާނާފައެވެ.

އާންސްޓުއަށް ދީފައިވާ އެވޯޑާއި ގުޅޭގޮތުން ޓެކްސަސް ޕާކް ވައިލްޑުލައިފް ޑިޕާޓުމަންޓުން ބުނެފައިވަނީ އާންސްޓު އަކީ އޭނާގެ ބައްޕައާއި ކާފަ އާއި އެކު އާއްމުކޮށް މަހަށްގޮސް އުޅޭ ކުއްޖެއް ކަމަށެވެ.

އެލައިޓު އެންގްލާ އެވޯޑު ދެނީ، ތަފާތު 5 ބާވަތެއްގެ ޓްރޮފީ ކްލާސް މަސް ބާނާ ފަރާތްތަކަށެވެ. އަދި އޭގެތެރޭގައި ކޯރު މަހާއި ކަނޑުމަސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!