މަސްވެރިކަމާއި ގުޅޭ

Screenshot 2024-02-26 154005

ކިނބުލެއް ކުޑަ މިޔަރެއް ކާލާ ވީޑިއޯއެއް އާއްމުވެއްޖެ

އޮސްޓްރޭލިއާގައި ކިނބުލެއްް މިޔަރެއް ކާލާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ކުއީންސްލޭންޑު ކޯރުގައި ހިނގި މި ހާދިސާއާއި ގުޅިގެން ކުއީންސްލޭންޑު ޕާކްސް އެންޑު ވައިލްޑުލައިފު ސަރވިސްއިން ވަނީ އާއްމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކިނބުލަށް ކާ އެއްޗެހި ނުދިނުމަށްވެސްވަނީ އަންގާފައެވެ.

މިއީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. މި ހާދިސާ ހިނގިގޮތެއް ބަލަމުންދާ ކަމަށާއި، މިއީ ބަޔަކު ގަސްދުގައި ސޯޝަލް މީޑިއާގައި ލައިކްސް ހޯދުމަށް ކުރި ކަމެއްކަމަށް ބެލެވޭ ކަމަށްވެސް އެ ވައިލްޑު ލައިފް ސަރވިސްއިން ތުހުމަތުކުރެއެވެ.

ވީޑިއޯ ލިންކް

ކިނބުލަށް ކާންދޭ ނަމަ އެ އެއްޗެހި އެ ސަރަހައްދަކުން ނުދާނެ ކަމަށާއި، ކާ އެއްޗެހި ހޯދުމަށް އިންސާނުންނާއި ދިމާއަށް ދުވާނެ ކަމަށްވެސް އެ ސަރވިސްއިން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!