މަސްވެރިކަމާއި ގުޅޭ

އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ
އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ

ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ އައިސްޕްލާންޓްތަކަށް ލޯނު ދިނުމުގެ އުސޫލު

ފަރުމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން ގާއިމު ކުރެވޭ އައިސްޕްލާންޓްތަކަށް ލޯނު ދިނުމުގެ އުސޫލު އާއްމުކޮށްފިއެވެ.

އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު،10 މސްދުވަހާ ހަމައަށް ގްރޭސް މުއްދަތެއް ދޭ މި ލޯނުގެ މުއްދަތަކީ10 އަހަރު ދުވަހެވެ. އަދި ލޯނުގެ އިންޓްރަސްޓް ރޭޓަކީ%5 އެވެ.

އެސްޑީއެފްސީން ބުނީ، ރަހުނުގެ ގޮތުގައި އެސްޑީއެފްސީން ކަނޑައަޅާ މިންގަނޑަށް ފެތޭ ރަހުނެއ،ް ލޯނަށް އެދޭ ފަރާތުން ހުށަހަޅަން ވާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހޭދަ ކުރަން ޖެހޭ އަދަދު ލޯނުގެ އަދަދަށްވުރެ ބޮޑުވާނަމަ، އިތުރަށް ކުރަން ޖެހޭ ހަރަދެއް ކުރަންވާނީ ލޯނަށް އެދޭ ފަރާތުން ކަމަށް އެސްޑީއެފްސީން ބުންޏެވެ.

ޖުމުލަ2،000،000 ރުފިޔާއާ ހަމައަށް ދޫކުރާ މި ލޯނުގެ%30، ލޯނު ނަގާ ފަރާތަށް ހިލޭ އެހީ ނުވަތަ ގްރާންޓްގެ ގޮތުގައި ވަކި ޝަރުތުތަކެއް ފުރިހަމުވުމުން ކަނޑައެޅޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:-

  • އައިސްޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ނިމި ލޯނު ދޫކުރާތާ1 އަހަރުތެރޭ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުން
  • ނަގާފައިވާ ލޯނުގެ ދަށުން ދައްކަން ޖެހި، ނުދެއްކިވާ ފައިސާއެއް ނެތުން

މި ޕްރޮގްރާމުގެ ދަށުން އިސްކަން ދެވޭނީ ފަސް ޓަނާއި15 ޓަނާ ދެމެދުގެ އައިސް ޕްރޮޑަކްޝަން ކެޕޭސިޓީ ހުންނަ އައިސްޕްލާންޓް ގާއިމު ކުރުމަށެވެ.

އެހެންނަމަވެސް، ދުވާލަކު15 ޓަނަށްވުރެ އައިސް ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު އައިސްޕްލާންޓް ގާއިމު ކުރުމަށް ހުށަހަޅާ ފަރާތްތަކަށް، ލޯނުގެ ގޮތުގައި ހަމަޖެހޭ ފައިސާގެ އިތުރުން ޕްރޮޖެކްޓް ނިންމުމަށް ދާ ހަރަދު އަމިއްލަ ފައިނޭންސްގައި ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް މި ލޯނު ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

އައިސްޕްލާންޓް ގާއިމު ކުރުމަށް ދޫކުރެވޭ ލޯނު ހަރަދު ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-

  • އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް އަދި ޕަވަރ ހައުސް އިމާރާތުގެ ފައުންޑޭޝަނާއި އެންމެހައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް
  • އައިސް ޕްލާންޓް، މެޝެނަރީ، ޖެނެރޭޓަރ ސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރުމަށް
  • އިމާރާތް ހިޔާކޮށް، ދޮރާއި ދޮރުފަތް ހަރުކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!