މަސްވެރިކަމާއި ގުޅޭ

IMG_005_LARGE_2_1_OCAUUG0P

ގޯއާގެ ބީޗުތަކަށް ރެކޯޑު އަދަދަކަށް ވެލާ ބިސް އަޅައިފި

ވެލާ ހިމާޔަތްކުރުމަށް އިންޑިއާގެ ގޯއާ ސްޓޭޓުގައި ކުރެވެމުންދާ މަސައްކަތްތަކާއި އެކު، ރެކޯޑު އަދަދަށް ވާވޮށި ވެލާ ބިސް ވަޅު ފެނިފައިވާ ކަމަށް ކަމާއި ބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ.

ވާވޮށި ވެލާ ނުވަތަ އޮލިވް ރިޑްލީ ޓާޓަލް ބިސް އަޅާ މޫސުން މިހާރު ކުރިއަށްދާއިރު، އުތުރު ގޯއާއިން 112 ބިސް ވަޅު ފެނިފައިވާއިރު، 100 ބިސްވަޅު ކަނަކޯނާއިން ވަނީ ފެނިފައެވެ. މިއީ ފާއިތުވީ 10 އަހަރުތެރޭ މިހާ ގިނަ އަދަދަކަށް ވެލާ ބިސް އަޅަން އަރާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ފަހަރެވެ.

އެގޮތުން އުތުރު ގޯއާގެ ބީޗުތަކަށް މި ދެ ދުވަހު ގިނަ އަދަދަކަށް ވެލާދަނީ ބިސް އަޅަން އަރަމުންނެވެ. އެގޮތުން ގޯއާގެ މޯރުޖިމް ބީޗަށް 2 ދުވަސްތެރޭ 19 ވެލާ ބިސް އަޅަން ވަނީ އަރާފައެވެ.

ގިނަ އަދަދަކަށް ވެލާ ބިސް އަޅަން ގޯއާގެ ބީޗުތަކަށް އަރަމުންދާއިރު، ވެލާ ބިސް ވަޅުތައް ހިމާޔަތްކުރުމަށްޓަކައި ފޮރެސްޓު އޮފިޝަލުން ދަނީ އެ ސަރަހައްދުތަކުގައި ފޯރި މަރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!