ށ. ފުނަދޫ އައިސްޕްލާންޓް ފަށާތާ ތިން މަސް ތެރޭ ނިންމޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފުނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝިޔާމް ވިދާޅުވީ ރޯދަމަސް ނިމުމާއެކު ފުނަދޫ އައިސްޕްލާންޓްގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެރަށް ކައިރީގައި ވަދު ކަނދުފައްޗެއް ބާއްވަން ރައްޔިތުން އެދޭކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ.
އޭގެ އިތުރުން، ފުނަދޫގައި މެރިކަލްޗަރ ކުރުމަށް ކުރަންޖެހޭ ކަންކަން ދިރާސާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.