މަސްވެރިކަމާއި ގުޅޭ

ފ.މަގޫދޫ، ފޮޓޯ: މިހާރު
ފ.މަގޫދޫ، ފޮޓޯ: މިހާރު

މަގޫދޫގައި މަސްކަނޑާ އަށްޓެއް ހަދާދޭނެ ފަރާތެއްް ހޯދަނީ

ފ. މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް ޑިޒައިންކޮށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މަގޫދޫ ކައުންސިލުން  ބުނީ އެރަށު ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް ޑިޒައިންކޮށް އިމާރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 5ވަނަ ދުވަހުގެ 12:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެކަމަށެވެ.

ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 14 މާރިޗު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮން ބީލަން / ޕްރޮޕޯސަލް ފޮނުވުމަށް ކައުންސިލުން އެދެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީވެސް ހަމަ އެގަޑީގައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!