މަސްވެރިކަމާއި ގުޅޭ

އުނގޫފާރުގައި ބޭއްވި މަސްރޭހެއްގެތެރެއިން، ފޮޓޯ- އުނގޫފާރު ކައުންސިލް
އުނގޫފާރުގައި ބޭއްވި މަސްރޭހެއްގެތެރެއިން، ފޮޓޯ- އުނގޫފާރު ކައުންސިލް

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އުނގޫފާރު ކައުންސިލުން މަސްރޭހެއް ބާއްވަނީ

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން މަސްރޭހެއް ބޭއްވުމަށް ރ. އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ ރަމްޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ހުރިހާ މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން  އުނގޫފާރު ކައުންސިލާއި އުނގޫފާރު ޕޮލިސްޓޭޝަން ގުޅިގެން އުނގޫފާގައި ދިރިއުޅޭ 18 އަހަރުން މަތީގެ ދެޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށް މަސްރޭހެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.

 މި މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އުނގޫފާރު ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މަސްރޭހުގައި ބައިވެރިވުމަށް އެދޭފޯމް އުނގޫފާރު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ވެެއެވެ.\

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!