މަސްވެރިކަމާއި ގުޅޭ

Hexagon_AP_MultibeamBathymetry

ރާއްޖޭގެ ކަނޑު ސާވޭ ކުރުމުގެ ވަސީލަތްތައް އެބަ ހޯދަން: ރައީސް

ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީ ސާވޭ އަމިއްލައަށް ހެދުމަށް އެކަމަށް ބޭނުންވާ ވަސީލަތްތަކާއި މެޝިންތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ އިން އަމިއްލަ އަށް ހައިޑްރޮގްރަފީ ސާވޭ ހެދުމަށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ދެން އަމިއްލައަށް ކަނޑު އަޑީގެ ހުރިހާ ތަފްސީލެއް ހޯދާނީ. ހޯދައިގެން އަޅުގަނޑުމެން އަމިއްލައަށް ޗާޓްތައް ހާދާނީ. އެއީ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސާވޭތައް ކުރުމަށް އިންޑިއާއާ ދެމެދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެއްބަސްވުމެއް ހެދި އެވެ. މި ސަރުކާރުން ވަނީ އެ އެއްބަސްވުން އާ ނުކުރަން ނިންމައިފައެވެ.

އިންޑިއާގެ ހައިޑްރޮގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭއެއް ހެދުމުގެ މަސައްކަތް ފަހުން ފެށީ ޖެނުއަރީ 2021 ގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!