މަސްވެރިކަމާއި ގުޅޭ

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް މިއަދު ފުރާވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް މިއަދު ފުރާވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ އަރިހުގައި އުމްރާގެ އަޅުކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ގެންދެވި އެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު އަލީ އާރިފާއި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުވެސް ގެންދެވިއެވެ.

ރައީސްގެ ދެ ކަނބަލުންނާއި ވަފުދު ސަައުދީ އަށް ދަތުރު ކުރައްވަނީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.