މަސްވެރިކަމާއި ގުޅޭ

މަސް ދޯނިތަކެއްް
މަސް ދޯނިތަކެއްް

އާރްއެސްޑަބްލިޔު ސިސްޓަމް ދޯނީގައި ގާއިމު ކުރުން މާ ރަނގަޅުކަން މިހާރު މަސްވެރިން ގަބޫލުކުރޭ!

ރަނގަޅަށް މަސްވެރިކަން ކުރުމަށް ދިމާވާ އެއް ގޮންޖެހުމަކީ އެކަށީގެންވާ ވަރެއްގައި، އެކަށީގެންވާ ގޮތެއްގައި އައިސް ނުލިބުމެވެ.

މިހާރު ރަށްރަށުގައި ހުރި އައިސްޕްލާންޓްތަކުގެ އިތުރުން ފެސިލިޓީގައި ހުރި އައިސްޕްލާންޓްތަކުގައވެސް ވަރަށް މައްސަލަ އެބަ ހުއްޓެވެ. ސަބަބަކީ އައިސްޕްލާންޓްތައް މެއިންޓެއިން ނުކުރެވި ދުވަސްތަކެއް ވޭތުވެ ދިއުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު އަމާޒު ހިފާފައި ވަނީ، އައިސްޕްލާންޓްތައް ރަނގަޅަށް ސާވިސްކޮށް މެއިންޓެއިންކޮށް، އަދި މަސައްކަތް ހިނގަމުންދާ އައިސްޕްލާންޓްތކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ. އޭގެ އިތުރުން، އަލަށް އިމާރަތް ކުރަން ނިންމާފައިވާ ޕްލާންޓްތައް ވީހާވެސް އަވަހަކަށް ގާއިމު ކުރެވިއްޖެނަމަ ރަނގަޅު މަސްވެރިކަމެއްގައި އައިސްއަކަށް ނުޖެހޭނެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ބޮޑަށް ބާރު އަޅަނީ ދޯނިފަހަރުގައި ފިނި ކުރެވޭނެ ނިޒާމު ގާއިމު ކުރާށެވެ. ސަބަބަކީ އެއީ ހުރިހާ ގޮތަކުންވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ވާތީއެވެ.

އެގޮތުން ރާއްޖޭގެ ދެކުނުގެ މަސްވެރިން މިހާރު ދަނީ އާރްއެސްޑަބްލިޔު ސިސްޓަމަށް ވަރަށް ބޮޑަށް އަހުލުވެރިވަމުންނެވެ.  ރެފްރުޖިރޭޓެޑް ސީވޯޓާ ސިސްޓަމް ނުވަތަ އާރްއެސްޑަބްލިޔު ސިސްޓަމަކީ ވަރަށް ކާމިޔާބު ނިޒާމެކެވެ.

އެ ނިޒާމު ގާއިމު ކުރަން ފެއްޓުމަށްޓަކައި އޮޑިވެރިޔާ ކޮންމެވެސް ވަރެއްގެ ހަރަދެއް ކުރަން ޖެހެއެވެ. ނަމަވެސް އައިސް ހޯދުމަށް ދުއްވަންޖެހެ ދުއްވުމާއި، އައިސް ހޯދަން ކިއޫގައި ތިބެން ޖެހޭ ޖެހުމަށް ބަލާއިރު، އެ ސިސްޓަމު ގާއިމު ކުރެވުމުން ލިބޭނީ ހުސް ފައިދާއެވެ.

އެ ސިސްޓަމު ގާއިމު ކޮށްފައިވާ ދޯނިފަހަރާއި އަދި އެތަން ގާތުން ދެކިފައިވާ މަސްވެރިންވެސް މިހާރު ގަބޫލުކުރާ ގޮތުގައި އެ ސިސްޓަު ދޯނީގައި ގާއިމު ކޮށްގެން މަސް ފިނިކޮށްގެން ގެންގުޅެން މާ ފައިދާ ބޮޑެވެ. އަދި އޭގެ ސަބަބުން މަހުގެ ކޮލިޓީއާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނޯންނާނެއެވެ.

އާރްއެސްޑަބްލިޔުއަކީމަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްސަދުގައި ގާއިމު ކުރަން ފެށި މަޝްރޫއުއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.