މަސްވެރިކަމާއި ގުޅޭ

Screenshot 2024-03-12 202516

އެމެރިކާގައި ކިނބުލެއް ހަމަލާދީ މަސްވެރިއެއްގެ އަތް ބުރިކޮށްލައިފި

އެމެރިކާގެ ފްލޮރިޑާގައި ކިނބުލެއް ހަމަލާދީ މަސްވެރިއެއްގެ އަތް ބުރިކޮށްލައިފިއެވެ.

މިދިޔަ އާދީއްތަދުވަހު ހިނގި މި ހާދިސާގައި މަސްވެރިއާއަށް ކިނބޫ ހަމަލާދީފައިވަނީ ލޭކް ކައުންޓީގައި މަސްވެރިކަން ކުރަމުންދަނިކޮށެވެ. ފްލޮރިޑާ ފިޝް އެންޑު ވައިލްޑްލައިފް ކޮންސަރވޭޝަން ކޮމިޝަނުން ބުނެފައިވާގޮތުގައި ކިނބޫ އޭނާއަށް ހަމަލާދީފައިވަނީ ބޭނި މަސް ކާލަންވެގެން އުޅުމުގެ ތެރޭގައެވެ.

މަންޒަރު ދުށް މީހުން ވަނީ އަވަހަށް އެމްބިއުލެންސްއަކަށް ގުޅާފައެވެ. އަދި އެމީހާވަނީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހާގެ އަތް އޮތީ ވަކިންނެވެ.

އެ އަތްވެސްވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް އަތަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު އެ އަތް ގުޅުވޭނެ ކަމަކަށް ނުބެލެވޭކަމަށްވެސް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ޙަބަރުތަކުގައިވެއެވެ.

އެމީހާއަށް ހަމަލާދީފައިވަނީ 9 ފޫޓު ދިގު ކިނބުލެކެވެ. ފްލޮރިޑާގައި ކިނބޫ ހަމަލާދިނުމުގެ ހާދިސާތައް ރެކޯޑުކުރެވިފައިވަނީ ވަރަށް މަދުންނެވެ. އެގޮތުން 2022ވަނަ އަހަރު މިފަދަ 13 ހާދިސާވަނީ ރެކޯޑުކުރެވިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!