މަސްވެރިކަމާއި ގުޅޭ

GIe_ZVkWUAAXgYb

ފުނަދޫ ބޭރުގައި ކަނދުފަތި ގާއިމު ކުރިތާ 9 ވަނަ ދުވަހު 137 ކިލޯގެ މަސްހިބަރެއް ބާނައިފި

ށ. ފުނަދޫ ބޭރުގައި ކަނދުފަތި ގާއިމު ކުރިތާ 9 ވަނަ ދުވަހު 137 ކިލޯގެ މަސްހިބަރެއް ބާނައިފިއެވެ.

އަބްދުﷲ އާދަމް އާއްމުކުރި ސްޓޭޓަސް އެއްގައި ބުނީ، އެ ފޮޓޯގައި ވަނީ ފުނަދޫ އިރުން 4.5 މޭލު ބޭރުގައި ޤާއިމް ކޮށްފައިވާ ވަދު ކަނދުފަތިިން ފުރަތަމަ ބޭނި މަސްހިބަރު ކަމަށެވެ.

އަދި އޭގެ ބަރުދަނުގައި 137ކިލޯ ހުންނާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"ކަނދުފަތި ޤާއިމުކުރެވުނުތާ 9 ވަނަ ދުވަސް" އޭނާ ވަނީ ބުނެފައެވެ.

ށ. އަތޮޅުގައި އަލަށް އަަޅާ ވަދު ކަނދުފަތި ށ. ފުނަދޫގެ އިރުން 4.5 މޭލު ބޭރުގައި ގާއިމުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ D09V01 އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!