މަސްވެރިކަމާއި ގުޅޭ

viber_image_2023-08-12_22-38-39-864-qatf7cye0gevl6n56y2486os28b3in9nv1yxq5avm0

މަސްވެރި އުޅަނދުތަކަށް އަމާންކަން ހޯދައިދިނުމަށް އަސްކަރީ ޑްރޯން ވަރަށް މުހިންމު: ގާސިމް

މަސްވެރި އުޅަނދުތަކަށް އަމާންކަން ހޯދައިދިނުމަށް އަސްކަރީ ޑްރޯން ވަރަށް މުހިން ކަމަށާއި އެމް.އެން.ޑީ.އެފް އެއާ ކޮޕްސް" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ( އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަޝްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވީތީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަށް ނުހަނު އުފުލާއެކު މަރުޙަބާ އާއި ތަޙްނިޔާ އަރިސްކޮށް ޝުކުރު ދަންނަވާކަމަށް މާގިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީީ، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"މިމުހިންމު ބޮޑު މަސްއޫލިއްޔަތު ޢިއްޒަތްތެރި ރައީސް ގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރު" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، އެއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް ، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މިއީ ޔަޤީނުންވެސް ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެއް ކަމަށެވެ. އަދޮ އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން ދިވެހިން އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން ކަމަށެވެ.

އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމާއި ގެން ކުރިއަށް ދިއުމަށް ރައީސް ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް ގާސިމް ވަނީ އައްސަރިބަހާ ސާބަސް ރައްދު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!