މަސްވެރިކަމާއި ގުޅޭ

GJGPXKNXQAEDSJn

ސަސްޕެންޑުކުރި މައްސަލާގައި މިފްކޯގެ ސީއީއޯ އާއި ޕީސީބީގެ އިސްވެރިން އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަނީ

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު، ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ސަސްޕެންޑް ކުރި މައްސަލާގައި އެކުންފުނީގެ ސީއީއޯ ޝަމާހް އާއި ޕީސީބީގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެސްއޯއީ ކޮމެޓީއަށް މިފްކޯގެ ސީއީއޯ އަދި ޕީސީބީ ހާޒިރު ކުރަން ހުށަހެޅީ، ދާންދޫ ދައިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ އެވެ. މިމައްސަލަ ހުށަހަޅައްވަމުން މެންބަރު ޔައުޤޫބް ވިދާޅުވީ މިމައްސަލާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެހެން ކަމުން މައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފު ކުރަން ޖެހޭކަން މެންބަރު ޔައުޤޫބް ފާހަގަ ކުރެއްވިއެވެ.

މެންބަރު ޔައުޤޫބްގެ ހުށަހެޅުމަށް މާފަންނު މެދު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ތާއިދުކޮށްފައެވެ. ހުށަހެޅުމަށް ތާއިދު ކުރައްވާ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖެއިން ބޭރު ކުރާ މަސް ބޭރުކުރަނީ ރަނގަޅު ކޮލިޓީއެއްގައި ކަމަށްވާއިރު، މަސް ރިޖެކްޓްވެ މަސް ކުންފުންޏަށް ބޮޑެތި ގެއްލުން ޒަމާނުއްސުރެ ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ޕީސީބީން މިމައްސަލާގައި ޢަމަލުކުރަނީ މީގެ ކުރިން ކަންކަން ނުކުރާ ބީދައިން ފާހަގަކޮށް ޕީސީބީއާއި މިފްކޯގެ ސީއީއޯ ޝަމާހް ކޮމެޓީއަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

ކޮމެޓީގެ އެހެން މެންބަރުންވެސް ވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ތާއިދުކޮށްފައެވެ. އެހެން ކަމުން ކޮމެޓީގެ ނައިބު މުޤައްރިރު ފުވައްމުލަކު މެދުދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ދީދީ ވަނީ އެންމެ އަވަހަށް ދެން އޮންނަ ޖަލްސާއެއްގައި މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދަން ނިންމަވާފައެވެ.

ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވާއިރު،  ޕީސީބީން ވަނީ މިފްކޯގެ ސީއީއޯ ޝަމާހް ރަޝީދު ހޯމަ ދުވަހު ދެ ހަފްތާގެ މުއްދަތަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!