މަސްވެރިކަމާއި ގުޅޭ

FwbWMzMaMAAPtKh

މިދިޔަމަހު ރާއްޖެއިން 191 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފި

މިދިޔަމަހު ރާއްޖެއިން 191 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 82 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސްވަނީ އެކްސްޕޯޓުކޮށްފައެވެ.
ދެން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކުރި ކަނޑުމަހެވެ. އެގޮތުން 55 މިލިއަން ރުފިޔާގެ ދަޅުމަސް ރާއްޖެއިން ވަނީ މިދިޔަ މަހުގެތެރޭ އެކްސްޕޯޓުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިންވަނީ 23 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައެވެ. އަދި 5 މިލިއަން ރުފިޔާގެ ތާޒާ ކަންނެލި މަސްވެސް މިދިޔަ މަހުގެތެރޭ ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ.
ދެން އެންމެ ގިނައިން ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.
ތަފާސްހިސާބު
ތައިލޭންޑު : 95 މިލިއަން ރުފިޔާ
އިނގިރޭސިވިލާތް : 30 މިލިއަން ރުފިޔާ
ޖަރުމަނީ : 25 މިލިއަން ރުފިޔާ
ބަންގްލަދޭޝް : 7 މިލިއަން ރުފިޔާ
ފްރާންސް : 5 މިލިއަން ރުފިޔާ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!