މަސްވެރިކަމާއި ގުޅޭ

nelayan

މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ މަސް ބޯޓުތަކެއް އަތުލައިގަނެފި

މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑޮނޭޝިއާގެ މަސް ބޯޓުތަކެއް އަތުލައިގަނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި  ތިން ބޯޓެއް އަތުލައިގަނެފައިޥާއިރު 10 މަސްވެރިން ވަނީ ހައްޔަރުކޮށްފައެވެ. މެލޭޝިއާގެ ޓަވާއޯ މެރީޓައިމް ޒޯންގެ ޑިރެކްޓަރ މެރީޓައިމް ކެޕްޓަން ޝަހްރިޒާ ރަމަން ބުނެފައިވަނީ މި ބޯޓުތައް ފެނިފައިވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔާ ބޯޓަކަށް ކަމަށެވެ.

ބޯޓުތައް ބަލާ ފާސްކޮށް އިންޑޮނޭޝިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރާއި 39 އަހަރާއި ދެމެދުގެ 10 މަސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ މައްސަލަ ބެލުމަށްތަކައި ޓަވާއޫ މެރިޓައިމް ޒޯންއާ މި ތިން މަސް ބޯޓު އަދި މަސްވެރިންތައް ވަނީ ހަވާލުކޮށްފައެވެ.

މި މަސްބޯޓުތަކުން އަތުލައިގަނެފައިވާ މަހުގެ ބާވަތްތަކުގެ އަގު 3 ލައްކަ ރިންގެޓަށް އަރައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!