މަސްވެރިކަމާއި ގުޅޭ

396824_5121622_rare-fish_updates

ޕާކިސްތާނުގައި މަސްވެރިންތަކަކަށް ހިފުނު އަގު ބޮޑު މަސްތަކެއްގެ އަގު، 7 މިލިއަން ޑޮލަރަށް އަރާ

ޕާކިސްތާންގެ މަސްވެރިންތަކަށް ދުނިޔޭގެ ބާޒާރުގައި އަގު ބޮޑު މަސްތަކެއް ހިފިއްޖެއެވެ.

ދާ ޖަހައިގެން މަސްވެރިކަން ކުރުމުގައި މަސްވެރިންނަށް ހިފިފައިވަނި ސަވާ ނަމަކަށް ކިޔާ މަސްތަކެކެވެ. އެގޮތުން އެ ސަރަހައްދުގައި އެވަގުތު މަސްވެރިކަން ކުރަން އުޅުނު ތިން ބޯޓުން 700 އެއްހާ ސަވާ މަސް ހިފިފައިވެއެވެ.

މި މަސްތަކުގެ އަގު 7 މިލިއަން ޑޮލަރަށް އަރާ ކަމަށް ޚަބަރުތައް ބުނެއެވެ. މާރޗު އަދި އޭޕްރީލްމަހަކީ ސަވާ މަސް ބިސް އަޅާ ދުވަސްވަރެވެ. އަދި މި ދުވަސްވަރު މި ބާވަތުގެ މަސް މިހާ ގިނަ އަދަދަކަށް ހިފުމަކީ މީގެ އާބާދީ ދެމެހެއްޓުމަށް އެޅޭ ހުރަހެއް ކަމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ބުނެއެވެ.

ސަވާ މަހަކީ ބޭސް ވެރިކަމުގައި ބޭނުން ކުރާ މަހެކެވެ. އެގޮތުން އޭގެ ބަނޑުގައި ހިމެނޭ މާއްދާތަކަށް ބޭސް ތައްޔާރުކުރާއިރު ސާޖަރީ ހެދުމަށް ބޭނުންކުރާ ރޮނދިވެސް މީގެ ބަނޑުގެ ފަށަލައެއް ބޭނުންކޮށްގެން ހަދައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!