މަސްވެރިކަމާއި ގުޅޭ

ހދ.ހަނިމާދޫ، ފޮޓޯ: ހަނިމާދޫ
ހދ.ހަނިމާދޫ، ފޮޓޯ: ހަނިމާދޫ

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްތަކަށް ހަނިމާދޫއިން ބިން ކުއްޔަށް ދޫކުރަނީ

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްތަކަށް ހދ. ހަނިމާދޫއިން ބިން ކުއްޔަށް ދޫކުރުން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށްޓަކައި 5000 (ފަސްހާސް) އަކަފޫޓުގެ 7 (ހަތެއް) ބިން 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށެވެ.

އަދި މިަކަމށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ.

މައުލުމާތު ސާފުކުރުން އޮންނާނީ އަންނަމަހުގެ 24ވަނަ ދުވަހުއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އަދި ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 6ވަނަ ދުވަހުއެވެ.

ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބު ކަމަށާއި، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިކަމަށް ކައުންސިލުން ބުނެއެވެ.

އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި ބީލަމުގައި މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް އެކަނިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!