މަސްވެރިކަމާއި ގުޅޭ

229094_142

ބަންގުލަދޭޝުގައި ހިނގި ހަމަ ނުޖެހުމެއްގައި މަސްވެރިއެއް މަރާލައިފި

ބަންގުލަދޭޝުގައި މަސްވެރިކަމުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު މަރުވެއްްޖެއެވެ. މަރުވި މީހާއަށް ހަމަލާ ދީފައިވަނީ އޭނާގެ ބޮޑު ބޭބެއެވެ.

45 އަހަރުގެ ނޫރުލް ހައްގުއަށް އޭނާގެ ބޮޑު ބޭބެ ހަމަލާދިނީ އާއިލާ ތެރޭގައި މައްސަލަ ޖެހިފައިވާ ބިމެއްގައި އޮންނަ ފެންގަނޑަކުން މަސްވެރިކަން ކުރުމުންނެވެ. ނޫރުލް ވަނީ ދާ ޖަހައިގެން އެ ފެންގަނޑުން މަސް ހިފާފައެވެ. އަދި މިކަމާއި ހިތްހަމަ ނުޖެހި ބޮޑު ބޭބެވަނީ ދެން މަސް ބާނަން އައިސްފި ނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެހެން ނަމަވެސް އިންޒާރުތަކަށް ބީރު ކަންފަތެއްދީ ނޫރުލްވަނީ އަނެއްކާވެސް ފެންގަނޑުން މަސް ހިފަން މަސައްކަތްކޮށްފައެވެ. ބޮޑު ބޭބެ އޭނާއަށް ހަމަލާދީފައިވަނީ ފެން ގަނޑާ ދިމާއަށް މަސް ހިފާ ދާގަނޑު ހިފައިގެން ދިޔަ މަގުމަތީގައެވެ.

ނޫރުލްގެ ހަޅޭކުގެ އަޑަށް މީހުން އެތަނަށް އެއްވެ، އޭނާވަނީ ޑާކާ މެޑިކަލް ކޮލެޖަށް ގެންގޮސްފައެވެ. އެއަށްފަހު ޕްރައިވެޓު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވެއެވެ.

އެހެންނަމަވެސް އޭނާއަށް ލިބިނު ޒަހަމުތަކަށް ފަރުވާކުރަމުންދަނިކޮށް ވަނީ މަރުވެފައެވެ. މި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!