މަސްވެރިކަމާއި ގުޅޭ

20240401181211contentPhoto1

ގަވާއިދާ ހިލާފަށް ހޮންގް ކޮންގަށް އެތެރެކުރަން އުޅުނު ވެލާތަކެއް އަތުލައިގަނެފި

ގަވާއިދާ ހިލާފަށް ހޮންގް ކޮންގަށް އެތެރެކުރަން އުޅުނު ވެލާތަކެއް އަތުލައިގަނެފިއެވެ.

ހޮންގް ކޮންގް އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގަނެފައިވަނީ ހިމާޔަތްކޮށްފައިވާ ބާވަތެއްގެ 63 ވެލާއެވެ. މި ވެލާތަށް ހޮންގް ކޮންގަށް އެތެރެކޮށްފައިވަނީ މެލޭޝިއާއިން އައި 37 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ޕިލިޕީންސްއަށް ދިޔުމަށްޓަކައި ހޮންގް ކޮންގުގައި މަޑުކުރި ފަސިންޖަރެކެވެ.

އޭނާގެ ޗެކްއިން ލަގޭޖުން ކަސްޓަމަސްގެ އޮފިސަރުންނަށް ފެނިފައިވަނީ ހޮންގް ކޮންގުގައި ހިމާޔަތްކޮށްފައިވާ ބާވަތެއްގެ ވެލާތަކެކެވެ. އަދި މި ވެލާތަކުގެ އަގު ގާތްގަނޑަކަށް 104,660 ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

ހޮންގު ކޮންގަށް މިފަދަ ބާވަތްތައް އެތެރެކުރުމަކީ ގާނޫނީ ބޮޑު ކުށެކެވެ. އަދި އަދަބެއްގެ ގޮތުގައި 10 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުމާއި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީސްކުރަން ޖެހިދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!