މަސްވެރިކަމާއި ގުޅޭ

މަސް ބާނަނީ، ފޮޓޯ- މަސްވެރި އިހަވަންދޫ
މަސް ބާނަނީ، ފޮޓޯ- މަސްވެރި އިހަވަންދޫ

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް: އައްސިދަ

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ "އައްސިދަ" ނަކަތަކީ އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން 21  ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

ނަކަތް ފެށޭއިރު ކޮޅިގަނޑު އައި ނަމަވެސް އޭގެ ފަހުން މި ނަކަތުގައި ހޫނު ގަދަ ވާނެއެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި އާއްމުކޮށް ބޭނޭނީ މިޔަރެވެ.

ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ. އަދި އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ. އިރުވައި މޫސުން ނިމެނީ 'ރޭވަ' ނަކަތުންނެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!