މަސްވެރިކަމާއި ގުޅޭ

Osu-coast_fishing3-754x424-1-696x391

ގިނީ ބިސާއޯގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ހުއްދަ ގާނާއަށް ދީފި

ގިނީ ބިސާއޯގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ހުއްދަ ގާނާއަށް ދީފިއެވެ. މިއީ ދެގައުމުގެ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމާއި ދާހިލީ ގުޅުން ވަރުގަދަކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ.

އެފްރިކާގެ ދެ ޤައުމުކަމުގައިވާ ގިނީ ބިސާއޯ އާއި ގާނާ އިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެެފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ ގިނީ ބިސާއޯގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ހުއްދަ ގާނާ ދިނުމެވެ.

މި ނިންމުމާއި އެކު ގިނީ ބިސާއޯއަށް ބޭނުންވާ މެރިޓައިމް ޓްރެއިނިން ތަކާއި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަމްރީންތައް ގާނާއިން ހިނގައިދޭނެއެވެ.

އަދި މީގެއިތުރުން ދެ ޤައުމުން ގުޅިގެން އިންވެސްޓުމަންޓުތައް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.

ގިނީ ބިސާއޯ އަދި ގާނާއަކީ މަސްވެރިކަން ކުރުމުގައި އެފްރިކާގައި ފާހަގަކޮށްލެވޭ ދެ ޤައުމެވެ. އަދި ގާނާއަކީ ހުޅަނގު އެފްރިކާގެ 2ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!